އެނިއުމަރޭޓަރުންގެ އަދަދު މަދުކަމުން ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި

މި މަހުގެ 13 ވަނަ ދުވަހު ފެށި ބޯހިމެނުމުގެ ހަރަކާތުގައި ލިސްޓިންގެ މަސައްކަތް މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ފިޔަވާ މިހާރު ނިމިފައިވެ އެވެ. މާލެ އާއި ހުޅުމާލޭގެ ލިސްޓިން ނުނިމި ހުރި ސަރަހައްދުތަކުގައި މާދަމާގެ ނިޔަލަށް ލިސްޓިން މަސައްކަތް ކުރިއަށް ދާނެ އެވެ.

"ބޯހިމެނުން 2022" ގެ ބައިވެރީން --

ގައުމީ ތަރައްގީގެ މުހިންމު މައުލޫމާތުތަކެއް އެއް ކުރުމަށްޓަކައި ރާއްޖޭގެ އެންމެ ބޮޑު ގުނުން، "ބޯހިމެނުން 2022" ކަނޑައަޅާފައިވާ ތާރީހަށް ނުނިމޭނެތީ މުއްދަތު އިތުރުކޮށް އެކަން މޯލްޑިވްސް ިބއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމު ކޮށްފި އެވެ.

އެމްބީއެސް އިން ބުނީ މި މަހުގެ 13 ވަނަ ދުވަހު ފެށި ބޯހިމެނުމުގެ ހަރަކާތުގައި ލިސްޓިންގެ މަސައްކަތް މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ފިޔަވާ މިހާރު ނިމިފައިވާ ކަމަށާ މާލެ އާއި ހުޅުމާލޭގެ ލިސްޓިން ނުނިމި ހުރި ސަރަހައްދުތަކުގައި މާދަމާގެ ނިޔަލަށް ލިސްޓިން މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި ބޯހިމެނުމުގެ ތަފްސީލް މައުލޫމާތު ނެގުން މިމަހުގެ 27 ގެ ނިަޔަލަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެމްބީއެސް އިން ބުނި ގޮތުގައި މުއްދަތަށް ބޯހިމެނުުމުގެ ކަންކަން ނިންމާ ނުލެވުނީ މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމުންނެވެ.

ބޯހިމެނުމުގައި އެއްކުރާނެ ބައެއް މައުލޫމާތު

  •  ދިރިއުޅޭ ތަނުގެ މައުލޫމާތު
  •  ދިރިއުޅޭ ތަނުގެ ބޮޑުމިން
  •  މީހުންގެ އުފަން ތާރީހު
  •  މީހުންގެ ތައުލީމީ ފެންވަރު
  •  އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް
  •  ފުރަތަމަ ކައިވެނި ކުރި އުމުރު
  •  އަންހެނުން، ދަރިންގެ އަދަދާއި ފުރަތަމަ ދަރިފުޅު ލިބުނު އުމުރު

ބޯހިމެނުމުގެ މަައުލޫމާތު އެއްކުރާ ޓީމްތައް ހަރަކާތްތެރި ވާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން 7:00 އަށެވެ. ހުކުރު
ދުވަހު ހެނދުނު 9:00 އިން 11.00 އަށް އަދި 2.30 އިން 7.00 އަށް ޓީމްތަކުން މަސައްކަތް ކުރާނެއެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ރޭގަނޑު ގަޑީގައި ހަރަކާތް ތެރިވާނެ ކަމަށް ބުންޏެވެ.

އެ އިދާރާއިން ބުނި ގޮތުގައި ލިސްޓިން ނިމުމުން މީހުންގެ / މަސައްކަތް ހިންގާ ތަންތަނުގެ ތަފްސީލް މައުލޫމާތު ނެގުމަށް ދެވަނަ ފަހަރަށް ޒިޔާރަތް ކުރާނެ އެވެ. ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނާއި ބދޭސީންގެ މައުލޫމާތު އެއްކުރެވޭނެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މުޅި ރާއްޖޭގައި ބޯހިމެނުގައި މަސައްކަތް ފަށާފައިވަނީ 4،000 އަށްވުރެ ގިނަ އެނިއުމަރޭޓަރުން ބައިވެރިވެ އެވެ. އަދި މާލޭގައި އެކަނި ވެސް 1،800 އެނިއުމަރޭޓަރުން ހަރަކާތްތެރި ވާނެ އެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ އޮކްޓޫބަރު ހަވަނަ ދުވަހު އެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސް ހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.

ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.