ރައީސް ޔާމީންގެ މައްސަލާގައި އަޑުއެހުންތައް ބާއްވާ ނިމިފައި ވަނީ މިދިއަ ޑިސެމްބަރު މަހުގެ 21 ގައެވެ.
ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ހުކުމް އިއްވެވުން ލަސްވަމުން ދާތީ އެ މަނިކުފާނުގެ ފަރާތްޕުޅުން ޓީމެއް މާދަމާ ހައިކޯޓަށް ދާން ނިންމައިފި އެވެ.
ރައީސް ޔާމީން އުފައްދާ ޕާޓީ ޕީއެންއެފްގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ޓީމެއް މާދަމާ ހެދުނު 10:00 ޖަހާއިރު ހައިކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލާގައި އަޑުއެހުންތައް ބާއްވާ ނިމިފައި ވަނީ މިދިއަ ޑިސެމްބަރު މަހުގެ 21 ގައެވެ.
އެ ދުވަހު ފަނޑިޔާރުން ވިދާޅުވީ މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ އެ މައްސަލއިގެ ހުކުމް ކުރެއްވުން ކަމަށެވެ.