އަމީނީ މަގުގެ ފަހު ދެ ސެގްމެންޓްގައި މިއަދު ތާރު އަޅަން ފަށާނެ

އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގު ހެދުން ހިމެނެ އެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ނިންމާ މިއަދު ތާރު އަޅަން ތައްޔާރުވެފައި

މާލޭގެ އަމީނީ މަގުގެ ނުނިމި އޮތް ބައިގައި މިއަދު ތާރު އަޅަން ފަށާނެ އެވެ. އަމީނީ މަގުގައި ނުނިމި އޮތީ މަގުގެ އެންމެ ފަހު ދެ ސެގެމެންޓްގެ މަސައްކަތެވެ. 

އިންފްރާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވީ އެ މަގުގެ ނުނިމި އޮތް ބަައިގައި ތާރު އަޅަން ތައްޔާރު ވެފައިވާ ކަމަށެވެ. 

"އިރާދަ ކުރެއްވިއްޔާ [އަމީނީ މަގުގެ ނުނިމި އޮތް ބައިގައި] ތާރު އެޅުމުގެ މަސައްކަތް މިއަދު ފެށިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެށި އިރު އަމީނީ މަގުގެ މަސައްކަތް އޮތީ އެންމެ ފަހު ދެ ސެގެމެންޓާ ހަމައިން މަސައްކަތް ހުއްޓިފަ އެވެ. އެ މަގުގެ ނުނިމި އޮތް ބައި ގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ފެށީ މިދިއަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. 

އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގައި 1.79 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެ އެވެ. މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހާވާލު ކުރީ 84.4 މިލިޔަން ރުފިޔާ އަށެވެ. 

ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި ފެށި އެ މަސައްކަތް ސަރުކާރު ނިމުނު އިރު ވެސް ނުނިންމުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.