ރައީސް ވިދާޅުވީ އެ މަނިކުފާނު މޭޔަރުކަމުގެ ދެ އަހަރާބައި ތަކުރާރުކޮށް މަސައްކަތްތަކެއް ކުރަން އުޅުއްވައި ނުވި ކަމަށާއި މިހާރު އެމަނިކުފާނުގެ ސަރުކާރުގައި ވަނީ ކުރިން ޕްލޭނިންއާ ހަމައިން ހިފެހެއްޓުނު ހިފެހެއްޓުން ދޫކޮށްލާފައި ކަމަށެވެ.
މާލޭ ސިޓީއަށް މޭޔަރަކު އިންތިހާބުު ކުރުމުގައި ވިލިމާލޭގެ ރައްޔިތުން ރިސްކް ނުނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދި ވަޑައިގެންފި އެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ އާއި ޕީޕީއެމް ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭނުގައި މިއަދު ވިލިމާލެއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ އެހެން ޕާޓީގެ މޭޔަރަކު އިންތިހާބު ކުރުމަކީ މާލޭގެ ރައްޔިތުން ނަގާނެ ރިސްކެއް ކަމަށެވެ.
"އެ ރިސްކު ނުނަންގަވާތި! އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮއްވަވައި ދެއްވަވައިފިއްޔާ ވަރަށް ފަސޭ ކަމާއެކު ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ މި ރަށުގަައި [ވިލިމާލޭގައި] ކުރަންހުރި ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ. އެހެން ކެންޑިޑޭޓުންނަށް އެއްވެސް ބަދުބަހެއް ނުދަންނަވަން ނުވެސް ދަންނަވާނަން... އެހެން ނަމަވެސް ނިސްބަތްވާ ޕާޓީގެ ވާހަކަ މި ދަންނަވަނީ ޕާޓީ ނިޒާމް މިއޮތީ، އެހެންވީމާ އެ ރިސްކް މާލޭގެ ރައްޔިތުން ނުނަގަވާތި! އަޅުގަނޑުމެން ހުރިހާ ކަމެއް ކުރަން މިތިބީ ނިންމައިގެން ރައްޔިތުން އެެދޭ ގޮތަށް... މިހާރު ސީއެންބިއުލާންސް ކަންކަން އެވަނީ ހަަމަޖެހިފައި މިފަދަ ހުރިހާ ކަމެއް ހަމަަޖެހޭ އިރު ދެން ކީއްކުރަންތޯ އެހެން ޕާޓީއެއްގެ މޭޔަރަކު ނަގަންވީ،"
ރައީސް ވިދާޅުވީ ބޭނުންފުޅު ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން ކަމަށާއި އެ ނިޒާމުގައި އޮންނަނީ ރައްޔިތުން ހޮވާ ކައުންސިލަރުންނާއި މޭޔަރުން ފަދަ ބޭފުޅުން މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާ ހަމައަށް ގެންދަން ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ކަންކަން ރައްޔިތުންނާ ހަމައަށް ގެންދަން ކަމަށެވެ. އަދި ވިދާޅުވީ އެއީ ދެކޮޅަށް އޮންނަ ކޮމިއުނިކޭޝަނެއްގެ ތެރެއިން ކަންކަން ތަރުތީބު ކުރެވި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ކަން ކުރާ ނިޒާމެއް ކަމަށެވެ.
"އެގޮތަށް ގެންދަން ބޭނުންވަނީ އެގޮތަށް ގެންދިއުމަށް މަސައްކަތް މި ކުރަނީ ވެސް އެހެން ނަމަވެސް މި ހުރިހާ ކަމެއް ތަރުތީބުވެ ސަރުކާރު ހުރިހާ އެއްބާރުލުމެއް ވިލިމާލޭގެ ރައްޔިތުންނަށްޓަކައި ހުރިހާ ކަމެއް ފަހިވުމުގެ ހުރިހާ މަރުހަލާއެއް ކަޑަތުވެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ ހިސާބުގައި އޮއްވާ މޭޔަރަކަށް އަޅުގަނޑުމެންގެ ފިކުރު ނެތް އެހެން ޕާޓީއެއްގެ މޭޔަރަކު ހޮވައިފިއްޔާ އަދި މޭޔަރު ކިތަންމެ ކަމެއް ކޮށް ދެއްވަން ބޭނުން ވިޔަސް އެ ބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭންގޭނެ. މިހާރު އެ ބަފެނޭ މަޖިލިސްތެރެއިން ކަންކަންކަން ކުރާ ގޮތް،" ރައީސް ވިދާޅުވި އެވެ. "ވިލިމާލެއަށްޓަކައި އަޅުގަނޑު މޭޔަރަކަށް ހުރި އިރުގައި ކުރަން ގަސްދުކުރި ވަރަށް ގިނަ ކަންތަކެއް ނުވި ސަބަބުތައް ރޭގައި ޖުމްލަކޮށް އަޅުގަނޑު ދެއްކި ވާހަކާގައި ވާނީ ފާހަގަ ކޮށްފައި އަދި އެއީ މުޅި މާލޭގައި ވެސް އެކަން ވީ ގޮތް... ސަރުކާރުގެ އެއްބާރުލުމާއެކީގައި ކުރެވެން ހުރި ކަންކަންކަން އެކަނި ނުވެ އޮތީ،"
ސަރުކާރާއި މަޖިލީހާ އެކުވެގެން ކުރެވެން ހުރި ބައެއް ކަންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ޕްލޭނިން ގަވައިދު ބަދަލު ކުރަން އޮތް އިރު ކުރީގެ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން އެކަން ނުވި ކަމަށެވެ. އެކަން ކުރެވެނީ ޕްލޭނިން މިނިސްޓްރީން ގަވައިދު އިސްލާހުކޮށް މަޖިލީހުގެ ކޮމެޓީއަށް ފޮނުވައި ކަމާބެހޭ ގާނޫނަކަށް ގެންނަ ބަދަލެއްގެ ތެރެއިން ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު މޭޔަރުކަމުގެ ދެ އަހަރާބައިގައި ތަކުރާރުކޮށް އެ މަސައްކަތް ކުރަން އުޅުއްވައި ނުވި ކަމަށާއި ނަމަވެސް މިހާރު އެމަނިކުފާނުގެ ސަރުކާރުގައި ވަނީ ކުރިން ޕްލޭނިންއާ ހަމައިން ހިފެހެއްޓުނު ހިފެހެއްޓުން ދޫކޮށްލާފައި ކަމަށެވެ. އަދޮ މަޖިލީހުން އެކަން ކޮށް ދޭން އެދިފައިވާނެ ކަމަށާއި ލަހެއް ނުވެ އެކަންތައް ހައްލުކޮށް ދެއްވާނެ ކަމަށެވެ.
"ވިލިމާލޭ ރައްޔިތުން ބޭނުން ވަނީ ގެދޮރު އިމާރާތް ކުރުމުގައި 10 ބުރިއާ ހަމައަށް ދާން އެކަމަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން،"
ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ވިލިމާލޭ ކައިރިން ނުނެގި އޮތް ތެޔޮ ބޯޓު ތަކުގެ މައްސަލަ މިހާރު އެމަނިކުފާނުގެ ސަރުކާރާއެކު ހައްލުކޮށް ދީފައިވާ ކަމަށާއި ފައިބަރު މަސައްކަތް ކުރާ އާއިލާތަކެއް އުޅުުނު ނަމަވެސް ރަށުތެރޭގައި އެ މަސައްކަތް ކުރުމުން ސިއްހަތަށް ނުރައްކާވާތީ ތިލަފުށިން އެކަމަށް ޖާގަ ކަނޑައަޅައިދޭން ކުރިން މަސައްކަތްކޮށް ނުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް މިހާރު އެކަން ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިހާރު ތިލަފުށީގަައި އެކަމަށް ސަރަހައްދު ކަނޑައަޅައިފި، އެތަން ތައްޔާރު ކުރުން އެދަނީ ފެށިގެން ކުރިއަށް... އެންމެ ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި ތަރުތީބު ކުރެވި އިތުރު ފަރާތްތައް ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކަށް ޖާގަ ލިބޭ ގޮތަށް ރަނގަޅު އުސޫލެއްގެ ތެރެއިން ފައިބަރު މަސައްކަތް ވިލިމާލޭން ތިލަފުއްޓަށް ބަދަލުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވިލިމާލޭގައި ގާއިމު ކުރައްވާނެ ކަމަށާއި މާލެއައި ކައިރިވެފައި ބްރިޖަކުން ގުޅޭން ދިޔަ ނަމަވެސް އެ ހޮސްޕިޓަލުގައި ޓާޝަރީ ހޮސްޕިޓަލަކުން ލިބޭނެ ހުރިހާ ހިދުމަތެއް ގާއިމުކޮށްދެއްވާނެ ކަމަށާއި އެކަން ކޮށް ދެއްވަނީ ވިލިމާލޭގެ ރައްޔިތުންނަށްޓަކައި ކަމަށެވެ.
"އެ ޓާޝަރީ ހޮސްޕިޓަލު އެޅިގެންދާނެ، އެކަމުގެ ހުރިހާ މަސައްކަތެއް ވަނީ ފެށިފައި،"