ފާޑުކިޔުންތަކުން ހިތަށް ދަތިވެ އަލްހާން ފަހަތަށް ޖެހިއްޖެ

ޒިންމާތައް ނުނިންމާ މިފަދަ އިންތިހާބެއްގައި ވާދަކުރުމަކީ ހިތަށް އެހާ ފަސޭހަ ކަމަކަށް ނުވާތާ އޭނާގެ ނަން އަނބުރާ ގެންދާ ކަމަށެވެ.

އަލްހާން ފަހުމީ: ލޯނު ނުދެއްކުމުން އާއިލާއަށް ހުކުމެއް އައި -- ފޮޓޯ: ދަ އެޑިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ނިންމުމަށް ފަހު / އެމްޑީޕީގެ ޕްރައިމަރީ އަށް ފޯމް ހުށައެޅުއްވުމަށް ފަހު އަލްހާން ފަހްމީ ނަން ނަގައިފި އެވެ.

އަލްހާން ކުރިމަތިލާން ނިންމީ ކާށިދޫ ދާއިރާ އަށެވެ. އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރާ އެކު ވަޑައިގެން އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީ އަށް ފޯމް ވެސް ހުށައެޅި އެވެ.

ނަމަވެސް އަލްހާން އިއްޔެ ވިދާޅުވި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަން ހުށަހަޅާ އެކަން އިއުލާނު ކުރުމުން އޭނާގެ ކުންފުނި -- ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އާއި ކުރިމަތިވި މައްސަލަ އާއި ގުޅިގެން އެ ކުންފުންޏާ އެކީ މުއާމަލާތު ކުރި ބައެއް މީހުންނަށް ދޭންޖެހޭ ފައިސާގެ މުއާމަލާތުތައް ނުނިމި ހުރުމުން، އެފަދަ ބައެއް މީހުން އޭނާއަށް ފާޑުކިޔާފައިވާ ކަމަށެވެ.

އަދި އެ މުއާމަލާތާއި ގުޅިގެން ކުންފުނިން އަދާކުރަން ޖެހޭ ޒިންމާތައް ނުނިންމާ މިފަދަ އިންތިހާބެއްގައި ވާދަކުރުމަކީ ހިތަށް އެހާ ފަސޭހަ ކަމަކަށް ނުވާތާ އޭނާގެ ނަން އަނބުރާ ގެންދާ ކަމަށެވެ. އެކަމާ ހިތާމަ ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް 39 ދައުވާ އެއް

ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުން ތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލާ ގައި ވަނީ ދައުވާ އުފުލާފައެވެ.

ޕްރޮސެކިއުޓަރު ޖެނަރަލްގެ އޮފީހުން ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލާ ގައި ދިވެހި ފުލުހުންގެ ހުދުމަތުން ތަހުގީގު ފުރިހަމަ ކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 މީހުންގެ ބައިގައި ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާ އުުފުލާފައި ވަނީ މ. ފިނިވާގެ ދެ ނަންބަރު ބައި އަލްހާނު ފަހުމީ އާއި ސަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށެވެ.

ތިން މީހުންގެ މައްޗަށް ޖުމްލަ 39 ދައުވާ އެއް އުފުލާފަައި ވެ އެވެ. އެއީ އެއީ ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާ އެވެ. ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގައެވެ.

ކޮމެންޓް

1
450
ރެއްކަބޭ
8 months ago

މީހުންނަށް މަކަރާއި ހީލަތްހަދާ އޮޅުވާލައިގެން އުޅެވޭނީ ވަކިދުވަހެއްވަންދެން. މީހާގެ އިތުބާރު ގެއްލި ކަތިވަޅި ގެއްލި މަރިޔަނބުވެސް ތިހިރީގެއްލިފައި. މަޖިލިސް ގޮނޑި ހޯދަން ތިޔައުޅެނީ ތިމާޔަތް ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ މެންބަރުކަން. ރައްޔިތުން ވޯޓުލައިގެން ހޮވީމާ ރައްޔިތުން އޮޅާލުމަށްފަހު މީހާގެ ދަރަނިދެއްކުން އެއީ ފުރަތަމަ އަމާޒު.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.