ފަހި ދިރިއުޅުން ފްލެޓްތައް ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރަން ތައްޔާރު ވެއްޖެ

"މިހާރު މި ކޯޕަރޭޝަނުން ކުރަމުންދަނީ ޔުނިޓްތައް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ މަސައްކަތެވެ،"

ފަހި ދިރިއުޅުން ކުންފުނިން އަޅާ އަމާން އުދަރެސް ފްލެޓުތައް

ފަހި ދިރިއުޅުން ފްލެޓްތައް ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރަން ތައްޔާރު ވަމުންދާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ހުޅުމާލޭ ގައި އަޅަމުންދާ 4،000 ފްލެޓް މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. ފްލެޓްތައް އޭގެ ހައްގުވެރީނަށް ވީހާވެސް އަވަހަށް ހަވާލު ކުރުމަކީ އެންމެ އިސްކަންދޭ މަސައްކަތް ކަމަށް ވެސް ބުންޏެވެ.

އެގޮތުން ބައެއް ޓަވަރުތަކުގެ މަސައްކަތް ޝެޑިއުލަށް ވުރެ ކުރީން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް މަސައްކަތް ހަލުވި ކުރެވިފައިވާ ޓަވަރުތަކުގައި މިހާތަނަށް 31 ޝީޓް އަޅާފައިވާ ކަމަށާ އެ ޓަވަރުތަކުގައި ސައުވީސް ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަަށެވެ.

"މިހާރު މި ކޯޕަރޭޝަނުން ކުރަމުންދަނީ ޔުނިޓްތައް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ މަސައްކަތެވެ،" 

ނަމަވެސް އެ މަސައްކަތް ސީދާ ފެށޭނެ ވަކި ތާރީހެއް ނުބުނެ އެވެ. 

މާލެ ސަރަަހައްދުން ގޯއްޗާއި ފްްލެޓް ލިބެނޭ ކަމަށް ފައިނަލް ލިސްޓް ގައި ހިމަނާ ގެޒެޓް ކޮށްފައިވާ އެއްވެސް މީހެއްގެ އަތުން އެ ހައްގު ނިގުޅައިނުގަންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ތަކުރާރު ކޮށް ދެއްވަމުންނެވެ.

ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް ފެށި ފްލެޓް މަޝްރޫއުގެ އެއްވެސް ފްލެޓެއް ދައުރުގެ ތެރޭގައި ނިންމޭ ގޮތެއް ނުވި އެވެ. ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން އެ ސަރުކާރުން ކަނޑައަޅާ ގެޒެޓް ވެސް ކުރި އެވެ. ދެ ފަހަރަށް ފައިނަލް ލިސްޓް އާންމު ކުރި އެވެ. ލިޔުން ހަވާލު ކުރަން ތައްޔާރު ވަނިކޮށް އޭސީސީން ވަދެ އެ މަަަސައްކަތް ހުއްޓުވީ އެވެ.

ރައީސް މިފަދަ ޕޯސްޓެއް ކުރެއްވީ އޭސީސީން މައްސަލަ ނިންމުން ފަސްވެ ބަޔަކު މީހުން އެ ކޮމިޝަންގެ އިދާރާއަށް ވަދެ މިދިޔަ ހަފްތާގައި ވެސް ހިތްހަަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.