ނިލަންދޫ ގައި އެއާޕޯޓް އަޅަނީ، ސާވޭ ކުރަން އެމްޓީސީސީއަށް

މިއީ މި އަހަރުގެ ބަޖެޓް ގައި ވެސް ހިމަނާފައި އޮތް މަޝްރޫއު އެކެވެ. އަދި ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ނިލަންދޫގެ އެއާޕޯޓް ސާވޭ ކުރަން އެމްޓީސީސީއާ ހަވާލު ކުރަނީ

ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ސާވޭ އަދި އީއައިއޭ ހެދުން އެމްޓީސީސީއާ ހަވާލު ކޮށްފި އެވެ.

މިއީ މި އަހަރުގެ ބަޖެޓް ގައި ވެސް ހިމަނާފައި އޮތް މަޝްރޫއު އެކެވެ. އަދި ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އޮފް ސްޓޭޓް އިބްރާހިމް ތޯއާމް އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުالله ޒިޔާދު އެވެ.

މި މަޝްރޫއުގެ އަގަކީ 378,000 ރުފިޔާ އެވެ. 

ސޮއިކުރުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

ނިލަންދޫ ގައި އެއާޕޯޓެއް އަޅާއިރު އެ ރަށާ ވަރަށް ކައިރީގައި ފ. މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއާޕޯޓްގެ މަސައްކަތް އޮތީ ނިމެން ކައިރިވެފައެވެ. އެއީ ރަނގަޅު ނިންމުމެއްތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓް އަޅާނެ ރަށްރަށް ކަނޑައަޅަނީ އެ މިނިސްޓްރީން ނޫން ކަަމަށާ އެ މިނިސްޓްރީގެ މެންޑޭޓަކީ އެއާޕޯޓް އަޅަން ކަނޑައަޅާ ރަށްރަށުގައި އެ މަސައްކަތް ހިންގުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.