މި ފަންޑުގައި ހަތް ދާއިރާއެއް ހިމެނެ އެވެ. މި ހަތް ދާއިރާ އިން ކޮންމެ ދާއިރާ އަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީއެއް ދޭނެ އެވެ.
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ޕްރޮގްރާމް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް ކަނޑައަޅައިފި އެވެ.
އެލައިޑުން "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ހުޅުވާލީ މިދިޔަ އަހަރު އެވެ.
އެލައިޑް ކޮމިއުނިޓީ ފަންޑް - މި ފަންޑަކީ ހަތް ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް މިންތީގެ ހަމަހަމަކަމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓް ތަކަށް ކުރިމަތިލުމަށް ހުޅުވާލާ އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ މި ފަންޑުގެ ދަށުން ފޯރުކޮށްދެ އެވެ.
މީގެ އިތުރުން "އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ، އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ފަރާތްތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ފޯރުކޮށްދޭ ފަންޑެކެވެ.