ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެންނަން އެސްއީޒެޑްއަށް ހާއްސަ ގާނޫނެއް ހެދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ހާއްސަ އިނާޔަތްތަކާއެކު ބޮޑެތި ފޮރިން އިންވެސްޓްމަންޓް ގެންނަން ސަރުކާރުން ހުޅުވާލި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) މަޝްރޫއަށް ލިބުނު 110 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޕޯސަލް ދިރާސާ ކުރުމުގެ މަސައްކަތް ބޯޑް އޮފް އިންވެސްޓްމަންޓްސް އިން ފަށައިފި އެވެ.
އެސްއީޒެޑް ގާނޫނު ފާސްކުރިތާ ހަ އަހަރުފަހުން މި ގާނޫނުގެ ދަށުން އިންވެސްޓްމަންޓް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅައި އެންމެ ކުޑަ އިންވެސްޓްމަންޓުގެ ކަނޑައެޅިތާ ދެ ހަފުތާ ނުވަނީސް ޕްރޮޕޯސަލެއް ލިބުނުކަން އިއުލާނު ކުރެއްވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ކޮންޓްރަކްޝަން އެވޯޑު ދޭ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހޮޓެލްޖެން ގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ނަމަވެސް އޭގެ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ 110 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޕޯސަލް އެސްއީޒެޑް މަޝްރޫއަށް ލިބުނު 110 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޕޯސަލް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެންނަން އެސްއީޒެޑްއަށް ހާއްސަ ގާނޫނެއް ހެދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް މި ގާނޫނުގެ ދަށުން ރާއްޖެއަށް އިންވެސްޓްމަންޓް ގެންނަން ނިމިދިޔަ ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ. ރައީސް ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެސްއީޒެޑް ގާނޫނު ތަންފީޒުކޮށް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލާފައެވެ. އަދި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. ކުރީން އޮތީ 150 މިލިއަން ޑޮލަރެވެ.