ތޮއްޑޫގައި 794 އެނދު ހުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ހިސާބުތަކުން ދައްކަ އެވެ.
ރަޝިއާ ޓޫރިސްޓުންގެ މެދުގައި ރާއްޖޭގައި އެންމެ މަގުބޫލު މަންޒިލަކީ ތޮއްޑޫ އެވެ. އަނެއް ސަބަބަކީ އެ ރަށުން ލިބޭ "ތޮއްޑޫ ރަހަ" ފަޅޮލާއި އެރަށުގެ ރީތި ހިނިތުންވުމުގެ މޫނުތަކާއި ފުރިހަމަ މެހެމާންދާރީ އެވެ. މި ސަބަބާހުރެ މި އަހަރުގެ އާ އަހަރުގެ ޗުއްޓީ އަށް ތޮއްޑޫ ފުރައިލީ ރަޝިއާ ޓޫރިސްޓުންނެވެ.
"ވަރަށް ބޮޑު ކާމިޔާބީއެއް މިއީ ހަގީގަތުގަ. ނިއު އިޔާ ނައިޓް މި ރަށް [ތޮއްޑޫ] އެއްކޮށް އޯވަބުކްވި. މިހާރު ވެސް 90 ޕްލަސް ގައި އޮތީ. ގާތްގަނޑަކަށް ފުލްކޮށް،" ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު 860 ޓޫރިސްޓުން ރަށުގައި ތިބިއިރު މި އަހަރު ޓޫރިސްޓުންގެ އަދަދު 1148 ގައި ހުރިމަކީ ވަކި މަންޒިލެއްގެ ގޮތުގައި އެރަށް ޕްރޮމޯޓް ކުރަން ކުރާ މަސައްކަތުގެ ނަތިޖާ ކަމަށެވެ. މިކަމުގެ ޝުކުރު ހައްގު ބަޔަކީ ރަށުގެ ރައްޔިތުންނާއި މި ވިޔަފާރީގައި ދެ މިތިބި މި ރަށުގެ ގެސްޓްހައުސް ހިންގާ ފަރާތްތަކެވެ.
"އެނދު ގިނަ އެހެން ރައްތަކާ އަޅާ ކިޔާނަމަ ވެސް މިއީ ބޮޑު ކާމިޔާބީއެއް. ގިނައިން ތިބީ ޔޫރަޕު މީހުން. ރަށުގައި ތިބި 90 ޕަސެންޓަކީ ރަޝިއާ. ދެން ޗެކްރިޕަބްލިކް ފަދަ ޔޫރަޕު ގައުމުތަކުގެ މީހުން ގިނައީ،" ކަރަމް ވިދާޅުވި އެވެ.
އިޖްތިމާޢީ ފޭރާންވީދި ޅަދަރިން ގޯސްމަގަށް ހެއްލުމުގެ އެންމެ ބޮޑު އަސްލަކީ އާއްމުން ދިރިއުޅޭ ރަށްފުށަށް މިގޮތަށް ފަތުރުވެރިން ގެނައުން