މޯލްޑިވިއަން ގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޖެނީފާ ކުންފުނިން ވަކިކޮށްފައި ވަނީ ކުންފުނީގެ ބޯޑު ނިންމުމަކުންނެވެ.
"މޯލްޑިވިއަން" ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާއިޝަތު ޖެނިފާ އެ މަގާމުން ވަކި ކުރައްވައިފި އެވެ.
ޖެނިފާ މަގާމުން ވަކި ކުރައްވާފައިވާ ކަން އޭނާ ވަނީ ޔަގީން ކޮށްދީފައެވެ. މޯލްޑިވިއަން ގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޖެނީފާ ކުންފުނިން ވަކިކޮށްފައި ވަނީ ކުންފުނީގެ ބޯޑު ނިންމުމަކުންނެވެ.
ގަައުމީ އެއާލައިން ހިންގާ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނީފާ އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. މިދިޔަ ފަސް އަހަރުތެރޭ ދިގު މުއްދަތެއް މާލީ ދަތީގައި ހޭދަ ކުރި އެ ކުންފުނިން ޖެނީފާ ވަކިކޮށްފައިވާއިރު އޭނާ އަކީ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ފިކުރަށް ތާއީދު ކުރާ ބޭފުޅެކެވެ.
ރައީސް ސޯލިހްގެ ސަރުކާރު އިސް ވަޒީފާއެއްގައި ހުންނަވައިގެން ރައީސް މުހައްމަދު ނަޝީދު އޭރު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުގައި ހުންނެވި ކަން ރަސްމީކޮށް ފާޅު ކުރި މަދު މީހުނާއި ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އޭނާ އަކީ ސޯޝަލް މީޑިއާގައި އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގެވުމުގައި ކުރިންސުރެ ހިނގާ ނަމެކެވެ.