ގައުމީ ހިތާމައިގެ މި ދަނޑިވަޅު ގައި އެމަނިކުފާނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޖަޕާނުގެ ބޮޑުވަޒީރަށާއި ސަރުކާރަށާއި ރައްޔިތުންނަށާއި ހާއްސަކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިހްލާސްތެރިކަމާ އެކު ހަމްދަރުދީ ފޮނުއްވާ ކަމުގައި ރައީސްގެ މެސެޖު ގައި ވިދާޅުވި އެވެ.
ޖަޕާނުގެ މެދުތެރޭގެ އިޝިކާވާއަށް އައި ބާރުގަދަ ބިންހެލުމާއި އެއާ ގުޅިގެން އުފެދުނު ސުނާމީއާ ގުޅިގެން އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތައުޒިޔާ ގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ގައި ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބައެއްގެ ގެދޮރު ގެއްލި މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމުގައި ވިދާޅުވި އެވެ.
ގައުމީ ހިތާމައިގެ މި ދަނޑިވަޅު ގައި އެމަނިކުފާނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޖަޕާނުގެ ބޮޑުވަޒީރަށާއި ސަރުކާރަށާއި ރައްޔިތުންނަށާއި ހާއްސަކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިހްލާސްތެރިކަމާ އެކު ހަމްދަރުދީ ފޮނުއްވާ ކަމުގައި ރައީސްގެ މެސެޖު ގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ޒައާމަތު ގައި މި ކާރިސާ ގައި ގެއްލިފައިވާ މީހުން ހޯދުމާއި މީހުން ސަލާމަތް ކުރުމުގެ އިތުރުން އަލުން އެ ސަރަހައްދު އާރާސްތު ކުރުމުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށާ މި ކާރިސާއިން އެ ގައުމު އަވަހަށް އަރައިގަތުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެ އެވެ.