ނާޒިމަށް ތިންމަހާއި 26 ދުވަހުގެ ގޭބަންދެއް

ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ކުށަށް އޭނާ އިއުތިރާފުވެފައިވާތީ އާއި މިއީ ކުށެއްގެ ގޮތުގައި ދައުވާ އުފުލި އޭނާގެ މައްޗަށް ޝަރީއަތް ހިންގުނު ފުުރަތަމަ ފަހަރު ކަމަށްވާތީ އަދަބު ކަނޑައެޅީ ދެ ދަރަޖަ ދަށްކޮށެވެ. ތިން މަހުގެ ގޭ ބަންދެއް އައީ އެ ސަބަބާއި ގުޅިގެންނެވެ.

ގަލޮޅު ކެނެރީގެ ނާޒިމް ސައްތާރު ސިފަކޮށްދޭ ކުރެހުމެއް --

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ގ. ކެނެރީގެ، ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހު ގޭގައި ބަންދު ކުރަން ކްރިމިނަލް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.

ސިއްރުން ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފު ވެފަ އެވެ. އެހެން ކަމުން ނާޒިމްގެ މައްސަލަ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންގޮސް މިއަދު ވަނީ ހުކުމް އިއްވާފައެވެ. ޝަރީއަތުގެ މަޖިލީހުގައި ކުށަށް އެއްބަސްވި ނަަމަވެސް ލިވާތު ނުކުރާ ކަމަށް ނާޒިމް ބުނެ އެވެ.

ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ކުށަށް އޭނާ އިއުތިރާފުވެފައިވާތީ އާއި މިއީ ކުށެއްގެ ގޮތުގައި ދައުވާ އުފުލި އޭނާގެ މައްޗަށް ޝަރީއަތް ހިންގުނު ފުުރަތަމަ ފަހަރު ކަމަށްވާތީ އަދަބު ކަނޑައެޅީ ދެ ދަރަޖަ ދަށްކޮށެވެ. ތިން މަހާއި 26 ދުވަހުގެ ޖަލު ހުކުމެއް އައީ އެ ސަބަބާއި ގުޅިގެންނެވެ. ގާނޫނުލްއުގޫބާތުގަައިވާ ގޮތުން އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ކުށުގެ އަދަބު ދެ ދަރަޖަ ދަށްކޮށް އަދަބު ކަނޑައެޅުމަށް ގާޒީ ނިންމެވުމުން އެކަމަށް ދައުލަތުން އިއުތިރާޒު ކޮށްފައެއް ނުވެއެވެ.

ހުކުމްގެ ކުރީން ބަޔާނެއް، ތައުބާވެ މާފަށް އެދުން

މިއަދުގެ ހުކުމް މި އައީ ކުރެވުނު ކުށާމެދު ހިތާމަ ކުރާ ކަމަށާ އަދި އެ ކުށަށް ތައުބާވާ ކަމަށް ބުނެ ނާޒިމްގެ ފަރާތުން ބަޔާނެއް ނެރެފައިވަނިކޮށެވެ.

"އަޅުގަނޑު އެދެނީ މި ކުށަށް އިއުތިރާފުވެ / ތައުބާވެ ރައްޔިތުންގެ އަރިހުން މާފެވެ،" ނާޒިމްގެ ބަޔާނުގައި ބުނެފައި ވެއެވެ. ނާޒިމް ވަނީ އޭނާގެ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރަމުން ދިޔަ ކަމަށް ވެސް އިއުތިރާފު ވެފައެވެ.

ބަންގާޅުގެ އެމްޑީ އަލަމްގީރްއާއެކު ދިވެހީންގެ ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާފައިވާއިރު އެ މައްސަލަ އާންމުންގެ ތެރެއަށް ބޭރުވީ ނާޒިމް އާއި އަލަމްގީރު ގުޅުން ހިންގާ މަންޒަރު ފެންނަ ސާފު، ދިގު ވީޑިއޯއެއް އާންމުވި ހިސާބުންނެވެ. އެ ވީޑިއޯ އާންވުމުން އެއީ ފޭކެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް ފަހުން އެކަމާއި ގުޅޭ ގޮތުން ވާހަކައެއް ނުދައްކަވަ އެވެ. އަލަމްގީރު ބުނާ ގޮތުން އޭނާ ވަނީ ނާޒިމްގެ، ކެނެރީގެއަށް ވެސް ގޮސް އޭނާއާ ގުޅުން ހިންގާފަ އެވެ. އެކަން ކޮށް ދިނުމުން ހަދިޔާއެއްގެ ގޮތުގައި ބައެއް ފަހަރު 1000 ރުފިޔާ / ބައެއް ފަހަރު 100 ޑޮލަރުވެސް ދެއެވެ.

ބަންގާޅުގެ އެމްޑީ އަލަމްގިރް

ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއެކު ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ މައްޗަށް ތިން ދައުވާއެއް ވަނީ ސާބިތުވެފައެވެ. އެ ދައުވާތައް ސާބިތުވެ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.

އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުމެއް ހިންގި ކަމަށް ދެން ތުހުމަތު ވެފައިވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެކެވެ. އަދި ހޯމް މިނިސްޓްރީގެ މުވައްޒިފަކާއި އިމާދުއްދީން ސުކޫލުގެ ޓީޗަރެވެ. އެ މީހުންގެ ތެރެއިން ނަޝީދު އާއި ފުލުސް މީހާއަށް ވަނީ ދައުވާ ކޮށްފައެވެ. ނަޝީދުގެ ޝަރީއަތްވެސް ވަނީ ފަށާފައެވެ. ފުލުހުން ބުނާ ގޮތުން 38 މީހަކާއެކު އަލްމަގީރު ގުޅުން ހިންގާ ވީޑީއޯ ތަހުގީގަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދިވެހީންނާއި ލަންކާ / އިންޑިއާ މީހުން ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.