ގައުމީ ދުވަހުގެ ޖަލްސާ އުތީމުގައި، ގައުމީ އިނާމު ޖަލްސާ އޮކްޓޫބަރު 20 ގައި

މާލޭގެ އިތުރުން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އެންމެ ގިނައިން ބާއްވާފައިވަނީ އުތީމުގައެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދު އާއި ރައީސް ވަހީދު އަދި ރައީސް ޔާމީންގެ ވެރިކަމުގައިވެސް އުތީމުގައި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވެއެވެ. އުތީމުގައި ބޮޑުތަކުރުފާނުގެ ގަނޑުވަރާއި ހަނދާނީ މަރުކަޒު ހުރެއެވެ. އެ ނޫންވެސް ތާރީހީ ބައެއް ތަންތަން އެ ރަށުގައިވެއެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ތިލަދުންމަތީ އުތުރުބުރީ (ހއ) އުތީމުގައި ބޭއްވުމަށް ވަނީ ނިންމާފައި --

މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ތިލަދުންމަތީ އުތުރުބުރީ (ހއ) އުތީމުގައި ބޭއްވުމަށް ނިންމައިފި އެވެ.

މި މަހުގެ 27 ވަނަ ދުވަހު އޮންނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ސަރުކާރުގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އުތީމަކީ ގައުމީ ދުވަސް އެ ބޭފުޅަކަށް ހާއްސަ ކުރެވިފައިވާ އަލްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޒަމް (ބޮޑުތަކުރުފާނު) ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.

މާލޭގެ އިތުރުން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އެންމެ ގިނައިން ބާއްވާފައިވަނީ އުތީމުގައެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދު އާއި ރައީސް ވަހީދު އަދި ރައީސް ޔާމީންގެ ވެރިކަމުގައިވެސް އުތީމުގައި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވެއެވެ. އުތީމުގައި ބޮޑުތަކުރުފާނުގެ ގަނޑުވަރާއި ހަނދާނީ މަރުކަޒު ހުރެއެވެ. އެ ނޫންވެސް ތާރީހީ ބައެއް ތަންތަން އެ ރަށުގައިވެއެވެ.

ގައުމީ އިނާމު ޖަލްސާ އޮކްޓޫބަރު 20 ގައި

މިއުވާން މިއަދު ވިދާޅުވި ގޮތުގައި ގައުމީ އިނާމު ދިނުމުގެ ޖަލްސާގެ ތާރީހުވެސް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ. އެ ގޮތުން މި އަހަރުގެ ގައުމީ އިނާމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

މިއަހަރުގެ ޖަލްސާގައިވެސް ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުން އޮންނާނެ އެވެ.

ގައުމީ އިނާމާބެހޭ ކޮމެޓީން ބުނީ މިއަހަރު ވެސް މައިގަނޑު 34 ދާއިރާއަކުން ގައުމީ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.