ޖަޕާނަށް ބާރުގެ ބިން ހެލުމެއް، ސުނާމީ އަރައިފި

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބިން ހެލުން އައިސްފައި ވަނީ ރިކްޓާ މިންގަނޑުން 7.3 މެގްނިއުޓްޑްގެ ބާރު މިނުގައެވެ.

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބިން ހެލުން އައިސްފައި ވަނީ ރިކްޓާ މިންގަނޑުން 7.3 މެގްނިއުޓްޑްގެ ބާރު މިނުގައެވެ.

ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ވެސް އެ ގައުމަށް މިހާރު ވަނީ ނެރެފައެވެ. ޖަޕާނުގެ ނޫސްތަކުން ބުނި ގޮތުގައި ޓޯކިޔޯ އާއި ކަންޓޯ ބިންހެލުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބައެއް ސަރަހައްދުތަކަށް ވަނީ ރާޅު އަރާފައެވެ.

އަދި ބިންހެލުމާއި ގުޅިގެން ސުނާމީ އަރާނެ ކަމަށް ލަފާ ކުރެވޭތީ ބައެއް ސަރަހައްދުތަކުން މީހުން ނެރެ ރައްކާތެރި ތަންތަނަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ގޮތުން ޖަޕާނުގެ ފަސް ސިޓީއެއް ގައި މީހުން ތިބުން މިވަގުތު ރައްކާތެރި ކަމަކަށް ނުވާތީ ވީހާ ވެސް އަވަހަށް އެ ސަރަހައްދުތަކުން ބަދަލުވާން ސަރުކާރުން ވަނީ އަންގާފައެވެ.

އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ބައެއް ސަރަހައްދުތަކަށް ފަސް ފޫޓްގެ ރާޅު އަރާނެ ކަމަށް ވެސް ލަފާކޮށްފައެވެ.

ރާއްޖޭގެ މެޓް އޮފީހުން ބުނީ ރިކްޓާ މިންގަނޑުން 7.3 މެގްނިއުޓްޑްގެ ބާރު މިނުގައި ޖަޕާނަށް ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ. ބިންހެލުމާއި ގުޅިގެން ރާއްޖެ އަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.