ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު ގައި މިހާރު ވަނީ އެ ބަދަލު ގެނެސްފައެވެ. އެގޮތުން ޝަހީބުގެ ނަން ހިމަނާފައި ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާންގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު ފޮރިން މިނިސްޓްރީއަަށް ބަދަލު ކޮށްފި އެވެ.
ޝަހީބު އައްޔަން ކުރައްވާފައި ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ނަމަވެސް އެ މައުލޫމާތެއް ސަރުކާރުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
އެކަަމަކު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު ގައި މިހާރު ވަނީ އެ ބަދަލު ގެނެސްފައެވެ. އެގޮތުން ޝަހީބުގެ ނަން ހިމަނާފައި ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައެވެ.
ޝަހީބު މަގާމުން ވަކިކުރެއްވީ އޭނާއާ ގުޅޭ ޝަކުވާތަކެއް ނޫސްވެރީން ރައީސްގެ ސަމާލު ކަމަށް ގެނެސްފައި ވަނިކޮށެވެ. ނޫސްވެރީންގެ ބައްދަލްވުންތަކު ގައި ޝަހީބުގެ ޖަވާބުތައް ބައްޓަން ކުރާ ގޮތާއި އަމަލު ކުރައްވާ ގޮތަށް ބައެއް ނޫސްވެރީން ފާޑުކިޔާފައިވެއެވެ.
ޗީފް ގަވަމަންޓް ސްޕޯކްސް ޕާސަންގެ މަގާމަށް މަޝްހޫރު ނޫސްވެރިޔާ އަދި ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އައްޔަން ކުރެއްވީ މީގެ 19 ދުވަސް ކުރީން ޑިސެންބަރު 13 ވަނަ ދުވަހު އެވެ.
ޝަހީބަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރައްވާ އެ ދާއިރާއިން އާންމު ހިދުމަތުގެ ގައުމީ އިނާމް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެ ގިނަ ނޫސްވެރިން ތަމްރީނު ކުރެއްވެވި ރާއްޖޭގެ ނޫސްވެރި ކަމުގައި ވަރަށް ބޮޑު ބްރޭންޑެކެވެ.
ޝަހީބު ސަރުކާރުގެ ހިދުމަތް ފުރަތަމަ ފައްޓަވާފައި ވަނީ 1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމާ ހަމައިންނެވެ. އެ މަގާމުގައި ތިން އަހަރު ހޭދަ ކުރެއްވުމަށް ފަހު ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވެވި އެވެ.