ހުޅުމާލެ ސަހަރާ މިސްކިތު ގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެއެވެ. އެކަމުގެ ސަބަބުން ޖަނާޒާތައް ކުރިއަށް ގެންދަން ވަނީ ދަތިވެފައެވެ.
މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއް ނެތި ހުޅުމާލެ އަށް ވެސް ދަނީ ވާރެވެހެމުންނެވެ. ހުޅުމާލޭގެ ގިނަ މަގުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.
ހުޅުމާލެ ސަހަރާ މިސްކިތު ގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެއެވެ. އެކަމުގެ ސަބަބުން ޖަނާޒާތައް ކުރިއަށް ގެންދަން ވަނީ ދަތިވެފައެވެ.
މައްޔިތުންގެ ޖަނާޒާގެ ކަންތަކުގައި އިސްކޮށް އުޅޭ މީހަކު ބުނީ ފެންބޮޑުވުމުގެ ސަބަބުން ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ. މިއަދު ވެހުނު ވަރަށް ވާރޭ ނުވެހުނަސް ސަހަރާ މިސްކިތު ގޯތިތެރެއާ ޖަނާޒާ ކުރިއަށް ގެންދާ ސަރަހައްދު ގައި ފެންބޮޑުވާ ކަމަށާ އެހެން ކަމުން އިސްކަމެއް ދީގެން އެކަން ހައްލު ކޮށް ދިނުމަށް އޭނާ ވަނީ ސަހަރާގެ ބެލެނިވެރިކަން އޮތް މާލެ ސިޓީ ކައުންސިލަށް ގޮވާލާފައެވެ.
މިވަގުތު ވެސް ދެ މީހެއްގެ ޖަނާޒާ އެބަ އޮތެވެ. މުޅި ސަރަހައްދު ގައި އޮތީ ފެންބޮޑުވެފަ އެވެ.