އޭނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރު ހުންނެވީ އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައެވެ. އެހެން ކަމުން މުޅި އަހަރުހެން ހުންނެވީ އެމެރިކާގައެވެ. މިދިޔަ މުއްދަތުގައި ފޮރިން މިނިސްޓްރީ ހިންގެވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވީ ޣަފޫރެވެ.
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މއ. އަތަމާވިލާ އަބްދުލްޣަފޫރު މުހައްމަދު މިއަދު އައްޔަނު ކުރައްވައިފި އެވެ.
ޣަފޫރަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އޭނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރު ހުންނެވީ އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައެވެ. އެހެން ކަމުން މުޅި އަހަރުހެން ހުންނެވީ އެމެރިކާގައެވެ. މިދިޔަ މުއްދަތުގައި ފޮރިން މިނިސްޓްރީ ހިންގެވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވީ ޣަފޫރެވެ.
ޣަފޫރު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމާއި އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމާއި އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްމަގާމުތައް ވެސް ފުރުއްވާފައިވެއެވެ. ޣަފޫރު ވަނީ އެމެރިކާގެ ޓަފްޓްސް ޔުނިވަރސިޓީގެ ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައެވެ.
ޝާހިދުގެ ދައުރުގެ މުއްދަތު ހަމަވީނަމަވެސް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ސާފެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މިހާރު ފެށިފައިވާ އދ ގެ އާންމު މަޖިލީހުގެ76 ވަނަ ސެޝަންގައި ދިވެހި ޑެލިގޭޝަން ލީޑުކުރައްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ.