އޭދަފުށީ ދޮންބޭބެ ކުއްލި ގޮތަކަށް ނިޔާވެއްޖެ

އަހްމަދު އަލީގެ ގައުމީ ހިދުމަތް ފެށުނީ 1979 ވަނަ އަހަރު ބ އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ފުރަަތަމަ އުޅުއްވީ ޓީޗަރަކަށެވެ.

އަހުމަދު އަލީ

އޭދަފުށީ ގައި ތައުލީމު ފެތުރުމުގައި ވަރަށް ހިދުމަތްތެރި މަސައްކަތްތަކެއް ކުރައްވާފައިވާ އެ ރަށު ފިނިފެންމާގެ އަހުމަދު އަލީ ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. އަހްމަދު އަލީ އަކީ އޭދަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ލޯތްބެއް އޮތް އެ މީހުންގެ "ދޮންބޭބެ" އެވެ.

އުމުރުން 67 އަހަރުގައި އަހްމަދު އަލީ ނިޔާވީ ހިނގާފައި ދަނިކޮށް ހިތުގެ މައްސަލަތަކެއް ކުރިމަތިވެގެންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނީ އަހްމަދު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

އަހްމަދު އަލީގެ ގައުމީ ހިދުމަތް ފެށުނީ 1979 ވަނަ އަހަރު ބ އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ފުރަަތަމަ އުޅުއްވީ ޓީޗަރަކަށެވެ. ފަހުން ތައުލީމީ މަރުކަޒު ހިންގެވުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރެއްވި އެވެ. އެ މަރުކަޒު ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ ސިއްރަކީ އޭނާގެ ހިންގުންތެރިކަމާއި ކުޅަދާނަ ކަމެވެ.

ތައުލީމީ ދާއިރާއަށް 44 އަހަރު ހިދުމަތް ކުރެއްވި އެވެ. ހިދުމަތުން ދުރަށް ވަޑައިގަތީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން އާއިލާ އާއެކު ދިރިއުޅުއްވީ މާލޭ ގައެވެ.

ކޮމެންޓް

1
450
ޝާފިޢު
8 months ago

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون އަޙްމަދު ޢަލީ (ދޮންބޭބެ) އަކީ އަޅުގަނޑުގެ ތަޢުލީމީ ޙަޔާތުގައި މުހިއްމު ފިލާވަޅުތަކެއް ދެއްވި އަދި މުހިއްމު ތަރުބިއްޔަތުތަކެއް ދެއްވި ވަރަށް މުހިއްމު ފަރާތެއް.ދޮންބޭބެއަކީ މަދަދުޤާރެއް، ގާތްރަޙްމަތްތެރިއެއް، ހަރުދަނާ ލީޑަރެއް، ޝަޚްސިއްޔަތެއް. މިއަދު ދޮންބޭބެގެ ކުއްލި ވަކިވެދިޔުން މީ އަޅުގަނޑުމެން ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހިޔަލުން ތަޢުލީމު ޙަސިލުކުރި ކޮންމެ ފަރާތަކަށްވެސް ސިހުން ގެނުވާނޭ ކަމެއް. ޔާ ﷲ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.