ގޯތި ލިބުނު މީހުންނަށް ހުޅުމާލެ އިން ގޯތި ދޭނެ، އެންމެ ވެލިފުކެއް ވެސް މަދު ނުވާނެ

"ބިންވެރިޔާ" ސުކީމުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން 700 ގޯތި ދޫކުރަން ނިންމާފައިވެ އެވެ.

ހުޅުމާލެ އިން ގޯތި ލިބުނު މީހުންނަށް ބިން ހިއްކުމުގެ މަސައްކަތް ކުރަނީ

ހުޅުމާލެ އިން ގޯތި ލިބުނު މީހުންނަށް ގޯތި ލިބުނު ތަނުން ގޯތި ދޭނެ ކަމުގެ ޔަގީންކަން މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އަނެއްކާ ވެސް ދެއްވައިފި އެވެ. 

ފަޒުލް އެހެން ވިދާޅުވީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ހިއްކާފައިވާ ހުޅުމާލޭގެ ފަޅުން ބައެއް ހިއްކައިގެން ދޫކުރި ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރަން ޕްލޭން ކުރަމުން އަންނަ ކަމަށް ބުނެ ވާހަކަ ތަކެއް ފަތުރަމުން ގެންދާތީ އެވެ. ކުރީން ވެސް އެ ވާހަކަތައް ސަރުކާރުން ދޮގު ކުރި އެވެ. ރައީސް މުއިއްޒު ވެސް އެ ވާހަކަތައް ދޮގު ކުރައްވާ ވާހަކަ ދެއްކެވި އެވެ.

ފަޒުލް މިއަދު ވެސް ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވި ފަދައިން ހުޅުމާލެއިން ގޯތި ލިބުނު އެންމެނަށް އެ ގޯތިތައް ހަވާލު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ވެލިފުކެއްގެ މިންވަރުވެސް އުނި ނުވާނެ ކަމަށާ އެތަން އިތުރަށް ފުރިހަމަކޮށް ދޭނެ ކަމަށެވެ. 

ހުޅުމާލެ އިން ގޯތި ލިބުނު މީހުންނަށް ބިން ހިއްކުމުގެ މަސައްކަތް ކުރަނީ

ދެ ސައިޓަކަށް ބަހާލައިގެން ހުޅުމާލޭގެ ހުޅަނގަށް އޮންނަ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކަން ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މި ބިން އޭރު ހިއްކަން ފެށީ ތިލަފުށި ފަޅުން 9.6 ހެކްޓަރު އެ ކުންފުންޏަށް 99 އަހަރަށް ދީގެންނެވެ. 

މާލޭ މީހުންނަށް ގޯތި ދޭން ރައީސް ސޯލިހު ސަރުކާރުން ހިންގި "ބިންވެރިޔާ" ސުކީމުގެ ދަށުން ހުޅުމާލެއިން ހިއްކާ ބިމުން 700 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 4،000 އަކަފޫޓުގެ 24 ގޯއްޗާއި 3،650 އަކަފޫޓުގެ 16 ގޯއްޗާއި 3،250 އަކަފޫޓުގެ 43 ގޯއްޗާއި 2،850 އަކަފޫޓުގެ 61 ގޯއްޗާއި 2،450 އަކަފޫޓުގެ 132 ގޯތީގެ އިތުރުން 2،060 އަކަފޫޓުގެ 243 ގޯތި އަދި 1،650 އަކަފޫޓުގެ 181 ގޯއްޗެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.