އިތުރު ބިން ހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ 5.6 މެގްނިޓިއުޑްގެ ބާރުމިނުގެ ބިން ހެލުމެއްގެ ގޮތުގައެވެ.

މިއަދު ބިންހެލުން އައި ސަރަހައްދު

‏މިއަދު ހެދުނު އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުން / ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

‏ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ 5.6 މެގްނިޓިއުޑްގެ ބާރުމިނުގެ ބިން ހެލުމެއްގެ ގޮތުގައެވެ،

މެޓުން ބުނީ ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ބިންހެލުން /ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ދެކުނުން 900 އެއްހާ ކިލޯ މީޓަރުގެ ދުރުން ހަތަރު ބިން ހެލުމެއް ވަނީ އައިސްފައެވެ.

އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ހެލުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.