ރައީސް އަދި ވިދާޅުވީ އެ ބައްދަލްވުމަކީ ހަވީރުން ފެށިގެން ވަރަށް ދިގުކޮށް ކުރިއަށް ގެންދެވި ބައްދަލްވުމެއް ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މިއަދާއި މިރޭ އެއްވެސް ގައުމެއްގެ ސަފީރަކާ އެކު އެއްވެސް ބައްދަލްވުމެއް ނުބާއްވަވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
މަޖިލީހުގެ އިދާރާ އިން މިހެން ބުނީ މިރޭ އޮތް ޕީއެންސީގެ ޖަލްސާއެއް ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. ރައީސް ވަނީ މަޖިލީސް ރައީސް މުހައްމަދު އަސްލަމް އާއި އިތުރު ދެ މެންބަރަކު އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވުމަށް ފަހު ނިކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއެއް މިރޭ އާންމުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި އެއީ ގައުމީ ބައްދަލުވުމަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ހިތާމަ ކުރަން މިރޭ މިހާރު މިތަނަށް އައި ގަޑީގައި ސޯޝަލް މީޑިއާގައި އެބަ އެނބުރޭ ފޮޓޯއެއް. އަޅުގަނޑު އުއްމީދު ކުރަން އެއީ ގައުމީ ވިސްނުމެއްގައި ބޭއްވި ބައްދަލުވުމެއް ކަމަށް،"
ރައީސް އަދި ވިދާޅުވީ އެ ބައްދަލްވުމަކީ ހަވީރުން ފެށިގެން ވަރަށް ދިގުކޮށް ކުރިއަށް ގެންދެވި ބައްދަލްވުމެއް ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
އެ ވާހަކަތައް ދޮގު ކުރައްވާ މަޖިލީހުގެ އިދާރާ އިން ދެންމެ ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު އެއްވެސް ގައުމެއްގެ ސަފީރަކާ އެކު އެއްވެސް ބައްދަލުވުމެއް ބާއްވަވާފައި ނުވާ ކަމަށެވެ. އަދި ރަސްމީ ބައްދަލުވުމެއްވެސް އަދި ނުރަސްމީ ބައްދަލުވުމެއް ވެސް އެއްވެސް ސަފީރަކާއެކު ބާއްވަވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.