ބްލޮކް ކުރި ދެ ސައިޓް އަންބްލޮކް ކޮށްފި

އެ ދެ ވެބްސައިޓުން އެތައް ބައެއްގެ އަބުރަށް އަރައިގަނެ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ފަތުރަމުންދިޔަކަން ފާހަގަ ކޮށްފައިވެއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ބައްދަލްވުމެއް

ރާއްޖޭގައި ހިންގަމުން އައި ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހެދުމަށް ފަހު އަލުން އެ ސައިޓްތައް ދޫކޮށްލައިފި އެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެން ބްލޮކް ކޮށްފައި ވަނީ ރަޖިސްޓްރީ ނުކޮށް ހިންގަމުންދިޔަ އޮންލަައިން ދެ ނޫހެކެވެ. އެއީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ.

އެ ނިންމުމާއެކު މީޑިއާތަކާއި އާންމުން އަދި ސިޔާސީ ޕާޓީތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ. އެއީ ޑިމޮކްރެސީ އާއި މިނިވަން ނޫސްވެރިކަމުގައި ރާއްޖެ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަން ދިފާއު ކުރަން ސަރުކާރުން ވަނީ ގިނަ ވާހަކަތަކެއް ކަމަށެވެ.

އެގޮތުން އެ ދެ ވެބްސައިޓުން އެތައް ބައެއްގެ އަބުރަށް އަރައިގަނެ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ފަތުރަމުންދިޔަކަން ފާހަގަ ކޮށްފައިވެއެވެ.

ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް މިއަދު އަލުން އެ ދެ ސައިޓަށް ވަދެވޭ ގޮތް ވަނީ ހަދާފައެވެ. މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމެއް ގައި ސަރުކާރުގެ ތަރުޖަމާން ވެސް ވަނީ އެއްވެސް ނޫހެއް ބްލޮކް ކޮށްފައި މިހާރު ނުވާނެ ކަމަށް ވިދާޅުވެފައެވެ. ޝަހީބު ވިދާޅުވީ ސައިޓް ބޮލޮކްކުރީ ރައީސް އޮފީހުން އަންގައިގެން ނޫން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.