ފިޝަރީޒް ކޮލެޖު ގާއިމުކުރަން އެމްއެންޔޫއާއެކު ސޮއި އަޅަައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމު ކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހާމަކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފިޝަރީޒް ކޮލެޖެއް ގާއިމު ކުރެއްވުމަށް ނިންމާ އެއްބަސްވުމުގައި ސޮއި ކުރަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމު ކުރެއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން ކޮލެޖް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެއްބަސްވުން ގާއިމުކޮށްފައި ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު އެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމް އާއި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސިލާ ޑރ. އައިޝަތުު ޝެހެނާޒް އާދަމް އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމު ކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހާމަކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮލެޖް ގާއިމު ކުރުމުގެ އިދާރީ މަސައްކަތް ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި ހިނގާ ނިންމަން އޮތީ ކަނޑައަޅާފައެވެ.

ފިޝަރީޒް ކޮލެޖެއް ގާއިމު ކުރެއްވުމަށް ނިންމާ އެއްބަސްވުން ދައްކާލަނީ

މިއަދުގެ ރަސްމިއްޔާތު ގައި މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި ކޮލެޖާ އެކު މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށެވެ. އެންމެ މުުހިންމު ކަމަަކަށް ފާހަގަ ކުރެއްވީ މަސްވެރިކަމުގެ ދާއިރާ އިން ތަމްރީނާއި ތައުލީމް ދެވޭނެ ޕްލެޓްފޯމެއް ގާއިމު ކުުރުމުން އަންނާނެ ހެޔޮ ބަދަލުތަކެވެ.

އެމްއެންޔޫ އިން ބުނި ގޮތުގައި އެ ކޮލެޖް ގައި ޕީއެޗްޑީއާ ހަމައަށް ކިޔަވައި ދޭނެ އެވެ. އެކަމުގެ ތަފްސީލެއް މިވަގުތު ހާމަ ކުރެވެން ނެތް ނަމަވެސް އެ މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމަށް ބުންޏެވެ.

ފިޝަރީޒް ކޮލެޖެއް ގާއިމު ކޮށް ކިޔެވުން ފެށޭނެ ވަކި ދުވަހެއް ވެސް މިއަދު ނުބުނެ އެވެ.

ކޮމެންޓް

1
450
އަޖާއިބު އަންތަރީސް
8 months ago

ސޮޔަކީ ބިސްގަނޑެއްތޯ؟ ނޫނީ ބުރާ ކަހަލަ އެއްޗެއްތޯ. އެހެންވީމަ ނޫންތޯ ސޮއި އަޅަން ކިޔަނީ. ސޮޔަކީ އަޅާ އެއްޗެއް ނޫން. ސޮއި ކުރާނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.