ގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ގޮތެެއް ނިންމަން އާއިލާއާ ވާހަކަ ދައްކަނީ

އާއިލާއާ މަޝްވަރާ ކުރަނީ މާލޭގައި ކުއްޖާގެ ހަށިގަނޑު ވަޅުލަން ނުވަތަ އާއިލާގެ ބެލުމުގެ ދަށުން ސްރީލަންކާ ގައި ކުއްޖާގެ ހަށިގަނޑު ވަޅުލަން ކަމަށް ބެލެވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ -- މި

ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށްލާ އެއްލާފައި އޮތް ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމަން އާއިލާއާ ވާހަކަ ދައްކަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަަތުން ބުނެފި އެވެ.

މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގައި ހުންނަ ދިގުރަށު ކުނިގޮނޑުގައި ތުއްތު ކުއްޖަކު އޮއްވާ ފެނުނީ، މިމަހުގެ ތިންވަނަ ދުވަހު ގޮނޑު ސާފު ކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީންނަށެވެ. އެ ކުއްޖާ އޮތީ ކޮތަަޅަކަށް ލާފަ އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވުމަށް ފަހު މިހާރު ވަނީ މާލެ ގެނެސްފައެވެ. 

ފުލުހުން މިއަދު ބުނި ގޮތުގައި ހަށިގަނޑާމެދު ގޮތެއް ނިންމަން އާއިލާއާ ދަނީ ވާހަކަ ދައްކަމުންނެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ. އާއިލާއާ މަޝްވަރާ ކުރަނީ މާލޭގައި ކުއްޖާގެ ހަށިގަނޑު ވަޅުލަން ނުވަތަ އާއިލާގެ ބެލުމުގެ ދަށުން ސްރީލަންކާ ގައި ކުއްޖާގެ ހަށިގަނޑު ވަޅުލަން ކަމަށް ބެލެވެ އެވެ.

މި މައްސަލައިގައި ކުއްޖާގެ މަންމަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ލަންކާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ދިގުރަށުން މާލެ އައިސް ސްރީލަންކާ އަށް ފުރަން ގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ކުއްޖާ މަރާލުމަށްފަހު އެއްލާލި މައްސަލައިގައި، އެ އަންހެން ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށާ ކުރިއަށްދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.