ބަންގާޅުގެ އެމްޑީ އަލަމްގީރްއާއެކު ދިވެހީންގެ ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާފައިވާއިރު އެ މައްސަލަ އާންމުންގެ ތެރެއަށް ބޭރުވީ ނާޒިމް އާއި އަލަމްގީރު ގުޅުން ހިންގާ މަންޒަރު ފެންނަ ސާފު / ދިގު ވީޑިއޯއެއް އާންމުވި ހިސާބުންނެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ގ. ކެނެރީގެ، ނާޒިމް ސައްތާރުގެ މައްޗަށް ހުކުމް އިއްވުން މާދަމާ ހަވީރަށް ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފި އެވެ.
ބަންގާޅުގެ ޒުވާން ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި މައްސަލާގައި ނާޒިމް ހައްޔަރު ކޮށްގެން ގިނަ ދުވަސްތަކަކު ގެންގުޅުނެވެ. ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލީ ތަހުގީގު ނިމި ޝަރީއަތަށް މައްސަލަ ފޮނުވުމުންނެވެ. އެ މައްސަލާގެ ފުރަތަމަ އަޑުއެހުން އޮތީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ނާޒިމް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާއަށް އިއުތިރާފުވެފައެވެ.
އަދި ޝަރީއަތުގެ މަޖިލީހުގައި އެކަމަށް އެއްބަސްވީ ނަަމަވެސް ލިވާތު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ގާނޫނު ބުނާ ގޮތުން މިފަދަ މައްސަަލަތަކުގައި އަދަބު ކަނޑައެޅުމުގައި އެކި ކަންކަމަށް ބަލައެވެ. އެއްޖިންސުން ޖިންސީ ގުޅުން ހިންގި ނަމަވެސް ލިވާތު ނުކުރާނަމަ އަދަބު ކުޑައެވެ. އަދި ކައިވެނި ކޮށްގެން ހުރެ އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނި ނުކޮށް ހުންނަ މީހަކު އެއްޖިންސުން ގުޅުން ހިންގި ނަމަ ދޭ އަދަބުވެސް ތަފާތެވެ. ދައުވާއަށް އިއުތިރާފުވުމުންވެސް އަދަބު ލުއިވެއެވެ. ދައުލަތުން އުފުލާ ދައުވާއަކުންވެސް އަދަބު ލުއިވެއެވެ. ނާޒިމްގެ މައްޗަށް އުފުލީ އަދަބު ކުޑަވާނެ ދައުވާ އެކެވެ.
ދައުވާއަށް އިއުތިރާފުވުމުން ނާޒިމްގެ މައްސަލަ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި ނިންމާނެ ކަމަށް ގާޒީ އެ ދުވަހު ވިދާޅުވިއެވެ. ކްރިމިނަލް ކޯޓްގެ މާދަމާގެ ތާވަލުގައި މިހާރު ވަނީ މައްސަލައިގެ ހުކުމް ކުުރުން އެޖެންޑާ ކޮށްފައެވެ. ހުުކުމް މަޖިލީސް އޮތީ ހަވީރު 4:30 ގައެވެ.
ބަންގާޅުގެ އެމްޑީ އަލަމްގީރްއާއެކު ދިވެހީންގެ ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާފައިވާއިރު އެ މައްސަލަ އާންމުންގެ ތެރެއަށް ބޭރުވީ ނާޒިމް އާއި އަލަމްގީރު ގުޅުން ހިންގާ މަންޒަރު ފެންނަ ސާފު / ދިގު ވީޑިއޯއެއް އާންމުވި ހިސާބުންނެވެ. އެ ވީޑިއޯ އާންވުމުން އެއީ ފޭކެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް ފަހުން އެކަމާއި ގުޅޭގޮތުން ވާހަކައެއް ވެސް ނުދެއްކެވި އެވެ. އަލަމްގީރު ބުނާ ގޮތުން އޭނާ ވަނީ ނާޒިމްގެ، ކެނެރީގެއަށްވެސް ގޮސް އޭނާއާ ގުޅުން ހިންގާފައެވެ. އެކަން ކޮށް ދިނުމުން ހަދިޔާއެއްގެ ގޮތުގައި ބައެއް ފަހަރު 1000 ރުފިޔާ / ބައެއް ފަހަރު 100 ޑޮލަރުވެސް ދެއެވެ.
ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއެކު ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ މައްޗަށް ތިން ދައުވާއެއް ވަނީ ސާބިތުވެފައެވެ. އެ ދައުވާތައް ސާބިތުވެ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުމެއް ހިންގި ކަމަށް ދެން ތުހުމަތު ވެފައިވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެކެވެ. އަދި ހޯމް މިނިސްޓްރީގެ މުވައްޒިފަކާއި އިމާދުއްދީން ސުކޫލުގެ ޓީޗަރެވެ. އެ މީހުންގެ ތެރެއިން ނަޝީދު އާއި ފުލުސް މީހާއަށް ވަނީ ދައުވާ ކޮށްފައެވެ. ނަޝީދުގެ ޝަރީއަތްވެސް ވަނީ ފަށާފައެވެ. ފުލުހުން ބުނާ ގޮތުން 38 މީހަކާއެކު އަލްމަގީރު ގުޅުން ހިންގާ ވީޑީއޯ ތަހުގީގަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދިވެހީންނާއި ލަންކާ / އިންޑިއާ މީހުން ހިމެނެއެވެ.