އޭވިއޭޝަން ދާއިރާގެ ފޯރަމް އޮންނާނީ އަންނަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.
ދިވެހި ކުންފުންޏެއް ކަމަށްވާ މީޑިއަމް އިވެންޓްސް އާއި އޭވިއޭޝަން އެކެޑަމީ ގުޅިގެން ބާއްވާ މި ފޯރަމް އޮންނާނީ އަންނަ އެޕްރީލް 27 ވަނަ ދުވަހު އެވެ.
މި ފޯރަމްގެ މައިގަނޑު ބޭނުމަކީ އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް މި ދާއިރާގައި ހުރި ގޮންޖެހުންތައް ބަލައި އެ ގޮންޖެހުންތައް ހައްލުކުރުމަށްކުރެވެންހުރި މަސައްކަތްތައްކޮށް ސްޓޭކްހޯލްޑަރުން މަސައްކަތްތައް ކުރުމެވެ.
ކިހާ ވަރެއްގެ ދާއިރާއެއް ؟ އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ ދިރާސާ އިން ދައްކާ ގޮތުގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ 154 ޕަސެންޓް ކުރިއަރައިގެންދާނެ އެވެ. ރާއްޖެއަށް 4.7 މިލިއަން ޕަސިންޖަރުން އަންނާނެ އެވެ. އަންދާޒާކުރެވޭގޮތުގައި ޖީޑީޕީ އިތުރުވެ ޖީޑީޕީ 8 ބިލިއަން ޑޮލަރަށް ހިއްސާކުރާއިރު ވަޒީފާގައި 92000 މީހުން އުޅޭނެ އެވެ.