މީޑިއާ ވިލެޖެއް ގާއިމުކޮށް ނޫސްތަކަށް ފައިސާ ދޭން ފަށަނީ

މީޑިއާ ވިލެޖެއް ގާއިމުކޮށް އެކަމަށް ބިން ހޯދާ އެ ބިން އިންސާފުވެރި ކަމާއި ހަމަހަމަ ކަމާއެކު މީޑިއާތަކަށް ދޫޫކުރެވޭނެ ގޮތަކާ މެދު ވެސް ވަޒީރުން ވަރަށް ފުޅާ ދާއިރާއެއް ގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ނޫސްވެރީން ބައިވެރިވަނީ

ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ފައިސާ ދިނުމަށް ނިންމާ އެކަމާ ގުޅޭ ތައްޔާރީތައް ކުރިއަށް ގެންދަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކު ރައީސް އިއްޔެ ނިންމަވައިފި އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލުން ނޫސްތަކާއި މީޑިއާތަކަށް ވެސް ފައިސާދޭން ޖެހޭ ކަން ފާހަގަ ކުރައްވާ އެކަމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ވައުދުވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ގައި ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމާބެހޭ މިނިސްޓްރީތަކުން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

އިއްޔެގެ ކެބިނެޓްގެ ނިންމުންތައް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ހާމަ ކުރައްވަނީ

އަދި މީޑިއާ ވިލެޖެއް ގާއިމުކޮށް އެކަމަށް ބިން ހޯދާ އެ ބިން އިންސާފުވެރި ކަމާއި ހަމަހަމަ ކަމާއެކު މީޑިއާތަކަށް ދޫޫކުރެވޭނެ ގޮތަކާ މެދު ވެސް ވަޒީރުން ވަރަށް ފުޅާ ދާއިރާއެއް ގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އިއްޔެގެ މަޝްވަރާގައި ދައުލަތުގެ ބަޖެޓުން ދޭނެ ފައިސާގެ ވަކި އަދަދެއް ކަނޑައަޅާފައިވާ ކަމަކަށް ރައީސް އޮފީހުން ނުބުނެ އެވެ. އެ ފައިސާ ދޫކުރުމުގެ ކުރީން ފައިސާ ލިބޭނެ މީޑިއާތަކުގެ ޝަރުތުތަކާއި ފައިސާ ދޭނެ އުސޫލުތަކާއި އެ ނޫން ވެސް މުހިންމު ނިންމުންތައް ނިންމާން ޖެހޭނެ އެވެ. ރައީސް އޮފީހުން ބުނީ ކަމާގުޅޭ މިނިސްޓްރީން އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.

މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވައުދުވެވަޑައިގެންފައިވެއެވެ.

ރައީސް މުއިއްޒު ކެމްޕެއިން ގައި ވިދާޅުވި ގޮތުގައި ނޫސްވެރިކަން އޮތީ ވަރަށް ނިކަމެތި ހާލަތެއް ގައެވެ. ދައުލަތުގެ ކުންފުނިތަކާއި ރައީސް އޮފީހުން ވަކި ނޫސްތަކާއި މީޑިއާތަކާއި ފައިސާދޭ ވާހަކަ އަޑުއިވި ވަޑައިގަންނަވާ ކަމަށާ އެކަމުގެ ސަބަބުން ނޫސްވެރި ކަމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.