ބޯޑްގައި ހިމެނޭނީ އުމުރުން 18 - 30 ދެމެދުގެ ޒުވާނުންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ކޮންމެ ތިން މަހަކު އެއް ފަހަރު ބޯޑްގެ ބައްދަލްވުންތައް ޗެއާ ކުރައްވާނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ހާއްސަ ބޯޑެއް އެކުލަވާލެއްވުމަށް ސަރުކާރުން ނިންމައިފި އެވެ.
އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގައި މި ނިންމުން ނިންމީ ޒުވާންނާއި ބެހޭ މިނިސްޓްރީން ހުށައެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑް" ގެ ބޭނުމަކީ ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސަށް ލަފާ އެރުވުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުން ކަމަށެވެ.
މިއީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެވެ. އެ ބޯޑަށް މެންބަރުން ނަގާނީ:
ބޯޑްގައި ހިމެނޭނީ އުމުރުން 18 - 30 ދެމެދުގެ ޒުވާނުންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ކޮންމެ ތިން މަހަކު އެއް ފަހަރު ބޯޑްގެ ބައްދަލްވުންތައް ޗެއާ ކުރައްވާނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެހެން ބައްދަލްވުންތައް ޗެއާ ކުރައްވާނީ ރައީސް ކަނޑައަޅާ ބޭފުޅެކެވެ.
އެ ބޯޑްގެ ނިންމުންތަކާއި ލަފާތަކާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ގޮތް ނިންމަން ވެސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ރާއްޖެއިން ބޭރުގައި ބޭއްވީ މުހިންމު ބައެއް ބައްދަލްވުންތަކުގައި ކޮމެޓީތަކުގެ މެންބަރުން ބައިވެރި ކުރެއްވުމާއި މުހިންމު ބައްދަލްވުންތަކާއި ގައުމީ ޖަލްސާތަކުގައި އެ ބޯޑްގެ މެންބަރުން ތަމްސީލުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެއްވުމަށް ރައީސް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.