ޑިމޮކްރެޓްސްގެ ތަރުޖަމާނަށް އިންތި، އެސްޖީ އަކީ ރައްޒާން

ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނަކަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލީ ރައްޒާން ވަނީ އައްޔަން ކޮށްފައެވެ.

ޑިމޮކްރެޓްސްގެ ތަރުޖަމާން އިމްތިޔާޒް ފަހްމީ އަދި ސެކްރެޓަރީ ޖެނެރަލް އަލީ ރައްޒާން

ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނަކަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލީ ރައްޒާން އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް މެންބަރުން އައްޔަން ކުރީ މިއަދު އޮތް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ޑިމޮކްރެޓްސް ނިންމުންތަކާ ގުޅޭގޮތުން އެ ޕާޓީން ބުނީ އެޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ އިދާރީ ހިންގުމަށް އައްޔަނު ކުރުމަށް ޕާޓީގެ ރައީސް ހުށަހަޅުއްވާފައިވާ ނަންތައް ކުރިއަށް އޮތް ފަސް އަހަރަށް ނެޝަނަލް އެސެމްބްލީގެ އަގުލަބިއްޔަތުން އައްޔަނުކުރުމަށް މިއަދުގެ ބައްދަލްވުމުގައި ފާސް ކޮށްފައިވާ ކަމަށެވެ. އެއީ؛

  •  ސްޕޯކްސްޕާސަން ކަމަށް - އިމްތިޔާޒް ފަހުމީ
  •  ސެކްރެޓަރީ ޖެނެރަލް ކަމަށް - އަލީ ރައްޒާން
  •  ކައުންސެލް ޖެނެރަލް ކަމަށް - އަރުޝަދު އަބްދުލްޙަކީމް
  •  ރަޖިސްޓްރާ ޖެނެރަލް ކަމަށް - ތާހާ ރަފީއު

މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ މުހިއްމު ސިޔާސަތުތަކާއި ގުޅޭ މަސައްކަތްތައް ކުރުމަށާ ގޮތްތައް ކަނޑައެޅުމަށާ ހަރަކާތްތައް އިންތިޒާމުކުރުމަށާ އަދި ދައުލަތުގެ މުއައްސަސާތަކުގެ އަމަލުތައް މޮނިޓާކޮށް ބެލުމަށް އުފައްދަން ޕާޓީގެ ރައީސް ހުށަހެޅުއްވި ކޮމިޓީތައް އިސްލާހުތަކާއެކު ނެޝަނަލް އެސެމްބްލީގެ އަގުލަބިއްޔަތުން ވަނީ ފާސް ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.