އެ އެޖެންސީން ބުނި ގޮތުގައި ކޮވިޑްގެ އާ ވޭރިއަންޓް -- JN-1 ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފެނިފައެވެ. އަދި ހަލުވިކޮށް ދަނީ ފެތުރެމުންނެވެ. މި ވޭރިއަންޓް ރާއްޖެއިން ފެނުނު ކަމެއް ނުބުނެ އެވެ.
ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ފެތުރުން އިތުރުވަމުންދާތީ ސަމާލު ވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސް ކޮށްފި އެވެ.
އެ އެޖެންސީން ބުނި ގޮތުގައި ކޮވިޑްގެ އާ ވޭރިއަންޓް -- JN-1 ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފެނިފައެވެ. އަދި ހަލުވިކޮށް ދަނީ ފެތުރެމުންނެވެ. މި ވޭރިއަންޓް ރާއްޖެއިން ފެނުނު ކަމެއް ނުބުނެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މި ފެށުނު ހަފްތާއަކީ ސުކޫލް / ކޮލެޖް / ޔުނިވާސިޓީތަކަށް ޗުއްޓީ ފެށޭ ހަފްތާ ކަމުން ގިނަ ބަޔަކު ރާއްޖެއިން ބޭރާއި އަތޮޅުތަކަށް ދަތުރުކުރާނެތީ އެހެން އަހަރުތަކެކޭ އެއްގޮތަށް އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ގައިގަޔަށް އަރާ ބަލިތައް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި މިއީ އުމްރާގެ އަޅުކަމަށް ގިނަ ބަޔަކު ގޮސް އައިސްވާ ދުވަސްވަރެއް ކަމުން ބަލި ޖެހުން އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އެހެން ކަމުން ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އިރުޝާދު ދީފައިވެ އެވެ.
މީގެ ހަތަރު އަހަރު ކުރީން 2019 ވަނަ އަހަރު ޗައިނާ އިން ފެނުނު ކޮވިޑް-19 އާލަމީ ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެ މުޅި ދުނިޔެ ހުއްޓުމަކަށް ގެނައެވެ. ރާއްޖެ އިން ވެސް އެ ބަލީގައި އެތައް ސަތޭކަ ބަޔަކު މަރުވި އެވެ. މުޅި ދުނިޔެ އިން އެެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލުނެވެ.
ހުރިހާއެއްޗެއް ފެތުރި ނަގަނީ... އަދިވެސް ފިޔަވަޅެއް ނޭޅޭ