ބަރެސްދޫ ބަލަހައްޓާނެ ބަޔަކު ހޯދަނީ

މި ރަށަކީ ބޮޑު ރީތި ރަށެކެވެ. ނަމަވެސް މި ރަށް އެންމެ ރަނގަޅު ގޮތަކަށް މިހާތަނަށް ބޭނުން ކުރެވިފައެއް ނެތެވެ. އަދި ރަށް އޮތީ ވީރާނާވެ ހަލާކުވާ ހާލަތުގަ އެވެ.

ލ. ބަރެސްދޫ އާއި މަހަކަމްފުށި ކޯޒްވޭއަކުން ގުޅާލާފައި -- ވިޒިޓްލާމު

ލާމުގައި އިންޓަގްރޭޑެޓް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަށައި ހުއްޓުނު، ބަރެސްދޫ ސާފުކޮށް ބަލަހައްޓާނެ ބަޔަކު ހޯދަން ފަށައިފި އެވެ. 

ބަރެސްދޫ ބަލަހައްޓާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނި ގޮތުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮންނަ ބަރެސްދޫ އެއް އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ. ގާތްގަނޑަކަށް 10،000 ރުށް ހުރި މި ރަށް ކުއްޔަށް ދޭން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކު 20،000ރ. އެވެ. 

ރަށް ބަލަހައްޓާ ފަރާތުގެ މަސްހޫލިއްޔަތަކީ ކޮބާ ؟ ބަރެސްދޫ ބަލަހައްޓަން ހަވާލުވާ ފަރާތަކުން އެ ރަށުގައި ތިބޭ މީހުން މަޑު ކުރަން ހަދާފައިވާ ތިން ކޮޓަރި އާބާތުރަފިލުވައި ބަލަހައްޓަން ޖެހެ އެވެ. އަދި ބަރެސްދޫ ވަށައިގެންވާ ގުދުރަތީ ރީތި ސަރަހައްދަށް ގެއްލުމެއް ވެދާނެ އެއްވެސް ކަމެއް ނުކުރުމާއި ބަރެސްދޫގައި ހަދާފައިވާ ބަނދަރާއި ކޯޒްވޭއާއި އިމާރާތްތަށް ރައްކާތެރިކަމާއެކު ބަލަހައްޓަން ޖެހެ އެވެ. އަދި މި ރަށުގައި ހަތަރު މީހުން ގާއިމް ވެގެން ތިބެން ޖެހެ އެވެ. ބަރެސްދޫގެ ރުއްގަސް ސާފުކޮށް ބަލަހައްޓަން ޖެހޭއިރު އެ ކުންފުނީގެ ހުއްދައާއެކު ރަށަށް އަރައި ފޭބޭނެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެ އެވެ. 

ބަރެސްދޫގެ ތާރީހު ލާމު ބަރެސްދޫ ބޭރުގައި މަޝްހޫރު ވެގެން ދިޔައީ މަޝްހޫރު ސްޓާވޯޒް ފިލްމް ދަ "ރޯގް ވަން" އިންނެވެ. ގާތްގަނށަކަށް 75 ހެކްޓަރުގެ ބޮޑު މި ރަށް މިހާ ރީތިކޮށް ފެންނަން އޮތީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އޭރުގެ މިނިސްޓަރު އިލިޔާސް އިބްރާހިމްގެ މަސައްކަތްޕުޅުންނެވެ. އެ ރަށް އެ ސަރުކާރުން ބެލެހެއްޓިއިރު ރީތި ދިވެހި ރުށްތަކެއް އިންދި އެވެ. އޭގެފަހުން މާންދޫގައި މަހުގެ ވިޔަފާރި ފެށި ގާސިމް އިބްރާހިމްގެ މި ރަށް ބެލެހެއްޓި އެވެ. އަދި އެކި ދުވަސްވަރު އެކި މީހުންނަށް މި ރަށް ކުރު މުއްދަތަށް ކުއްޔަށް ދީފައިވެ އެވެ. އަދި މިރަށުގައި އެންމެ ބޮޑު މަޝްރޫއެއް އިއުލާނުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެމްއައިޓީޑީސީގެ ނަމުގައި ކުންފުންޏެއް ހަދައި ގެސްޓްހައުސް ކޮންސެޕްޓަށް މި ރަށް ތަރައްގީ ކުރުމުގެ މަސައްކަތެއް އިއުލާނު ކުރި އެވެ. މި ރަށަށް އަންނަ ހިދުމަތްތަކުގެ މަސައްކަތް ކުރަން ޖެހިގެން އޮންނަ މަހަކަންފުއްޓާ ދެމެދު ކޯޒްވޭއަކުން ގުޅައިލި އެވެ. ނަމަވެސް އެ މަސައްކަތް ކޮރަޕްޝަންގެ މައްސަލަ ގަނޑެއްގައި ފެއިލްވެ ހުއްޓިގެން ދިޔައީ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް މި ރަށުގަ މަޝްރޫއެއް ފައްޓަން އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއުލާނު ކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.