ވެބްސައިޓްތަކެއް ބްލޮކް ކުރުމުން އެމްއެމްސީއާ އެމްޖޭއޭ ކަންބޮޑުވެެއްޖެ

ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓްތަކަކީ ވެސް "މީޑިއާ" ކަމަށް ކައުންސިލްގެ ގާނޫނުގެ 36 ވަނަ މާއްދާ ގައި ބަޔާން ކުރާ ކަމަށެވެ.

މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު ހެދުމުން ނޫސްވެރިންތަކެއް އިހުތިޖާޖު ކުރަނީ

ރާއްޖޭގައި ހިންގަމުން އައި ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދާފައިވާތީ އެއީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅުނު ހުރަހެއް ކަަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

ރެއިން ފެށިގެން ބްލޮކް ކޮށްފައި ވަނީ ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ އޮންލަައިން ދެ ނޫހެކެވެ. އެއީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އަދި ރަޖިސްޓްރީ ކޮށްގެން ހިންގާ "ފުރަތަމަ" ކިޔާ ވެބްސައިޓެއް ވެސް ބްލޮކް ކޮށްފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން އެމްއެމްސީ އިން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓްތަކަކީ ވެސް "މީޑިއާ" ކަމަށް ކައުންސިލްގެ ގާނޫނުގެ 36 ވަނަ މާއްދާ ގައި ބަޔާން ކުރާ ކަމަށެވެ.

ބްލޮކްކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާއި ގުޅޭގޮތުން އެއްވެސް މައްސަލަ އެއް އެ ކައުންސިލަށް ހުށައެޅިފައި ނުވާކަން ފާހަގަކޮށް އުސޫލެއް ނެތި ބޮލްކް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

"މިއީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް،" އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

އެމްޖޭއޭ އިން ވެސް ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ޖަމިއްޔާ އިން ބުނި ގޮތުގައި އެ ފިޔަވަޅަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަން ކަމާއި ހިޔާލުފާޅު ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް އެޅި ފިޔަވަޅެކެވެ.

އަދި ދޮގު މައުލޫމާތާއި މީހުންގެ އަބުރު ކަތިލުން ފަދަ ކަންކަން ކުރުމާއި އެ ޖަމިއްޔާ އިން ވެސް ދެކޮޅުކަން ފާހަގަކޮށް އެފަދަ ކަންކަން ހުއްޓުވުމަށް މީޑިއާ ކައުންސިލް ބާރުވެރި ކުރުވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ އެދިފައެވެ.

"ޑިސް އިންޕޮމޭޝަން އާއި މިސް އިންފޮމޭޝަންއާ ދެކޮޅަށް މަސައްކަތް ކުރުމަކީ މި ޖަމިއްޔާ އިން ވެސް ތާއީދު ކުރާ ކަމެކެވެ. ނަމަވެސް ވެބްސައިޓްތައް ބްލޮކް ކުރުމަކީ އެކަމަށް އޮތް ފަރުވާ އެއް ކަމަށް މި ޖަމިއްޔާ އިން ނުދެކެމެވެ،" އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.

ސަރުކާރުގެ ބަސް: ރަޖިސްޓާޑް ސައިޓެއް ނުހުއްޓުވާނެ

ދެ ވެބްސައިޓެއް ހުއްޓުވި މައްސަލާގައި އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން ސަރުކާރުން ވަނީ ވާހަކަ ދައްކާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބް "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގައި ވަނީ އެ ދެ ވެބްސައިޓް ހުއްޓުވި ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ.

ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް / މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް / ބްލޮކެއް ވެސް ނުކުރާނެ ކަމަަަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ރައީސް މައުމޫންގެ ދައުރުން ފެށިގެން ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ނޫސްތައް ހިންގާފައިވެއެވެ. އޭރަކު އޮންނަ ސަރުކާރަކަށް އިންތިހާ ފާޑުވެސް ކިޔައެވެ. ނަމަވެސް މި ގޮތަށް ނޫހެއް ބްލޮކް ކޮށްފައެއް ނުވެއެވެ.

ދެ ނޫޙަކަށް ނުވަދެވޭ ގޮތް ހަދާފައި މިވަނީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަަށް ނުވަދެވޭ ގޮތް ސަރުކާރުން އަންގައިގެން ހަދާފައި ވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.