ބީއެމްއެލް ބްރާޗްތަކާއެކު ހިދުމަތް އަލުން ފެށިގެންދާނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްތަކާއި ސެންޓަރުތަށް މިމަހުގެ 31 ވަނަ ދުވަހުން އަންނަ މަހުގެ އެއްވަނަ ދުވަހުން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ބަންދުވާނެ ކަމަށް ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގެ ބްރާންޗުތަށް ދެން އަލުން ހުޅުވޭނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށާ، މި މުއްދަތުގައި ބޭންކުގެ ހިދުމަތް ހޯއްދެވުމުމަށް އިންޓަރނެޓް ބޭންކިން އަދި ސެލްފް ސާވިސް އޭޓީއެމް ތަކުން ހިދުމަތް ހޯދުމަށް އެދޭ ކަމަށެވެ. އަދި ބަންދުވި ނަމަވެސް ބީއެމްއެލްގެ ސެންޓަރު ނަންބަރު 3330200 އާއި ވެބް ޗެކް އަދި ބޭންކް ސޯޝަލް މީޑިޔާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ ޗުއްޓީއާ ދިމާކޮށް ބޭންކުތަށް ބަންދު ކުރެ އެވެ. މިއީ އާއްމު އުސޫލުން ހުރިހާ ބޭންކް ތަކުން ވެސް ކުރާ ކަމެކެވެ.