ފެމިލީ ކޯޓުން މިއަދު ކުރި އިއުލާނެއް ގައި ބުނެފައި ވަނީ 2024 ވަނަ އަހަރުގެ ހުރިހާ ދުވަހެއް ގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ފެމިލީ ކޯޓުން މިއަދު ކުރި އިއުލާނެއް ގައި ބުނެފައި ވަނީ 2024 ވަނަ އަހަރުގެ ހުރިހާ ދުވަހެއް ގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ކޮންމެ ދުވަހެއްގެ 15:00 އިން 21:00 އަށެވެ.
ރިސޯޓް ނުވަތަ ސަފާރީ ތަންތަނުގައި ކައިވެނި ކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށައެޅުމުން ހުށައަޅާ ފަރާތްތަކާއި ކޯޓްގެ ވަގުތުތަކަށް ބެލުމަށް ފަހު ކަމަށް ވެސް ބުންޏެވެ. އަދި 1445 ވަނަ އަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ކޯޓުން ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ބުންޏެވެ.