ޑިމޮކްރެޓުންގެ ރައީސާ ވެސް ރައީސް ބައްދަލު ކުރައްވައިފި

ހަސަންގެ ކުރީން ރައީސް މިއަދު ވަނީ ސިޔާސީ ތިން ޕާޓީއެެއްގެ އެންމެ އިސްވެރީންނާ ބައްދަލު ކުރައްވާފައެވެ.

ރައީސް މުއިއްޒު، ހަސަން ލަތީފްއާ ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދަ ޑިމޮކްރެޓްސްގެ ރައީސް / ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާ ވެސް ބައްދަލު ކުރައްވައިފި އެވެ.

ހަސަންގެ ކުރީން ރައީސް މިއަދު ވަނީ ސިޔާސީ ތިން ޕާޓީއެެއްގެ އެންމެ އިސްވެރީންނާ ބައްދަލު ކުރައްވާފައެވެ. ފުރަަތަމަ ބައްދަލު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު / މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާ އެވެ. އޭގެ ފަހުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ރައީސް / ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް / ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

ނަަމަވެސް މި ހަތަރު ބައްދަލްވުމުގެ ތަފްސީލެއް ނުދެ އެވެ.

ކޮންމެ ބައްދަލްވުމުގެ ދެ ފޮޓޯއެއް ހިއްސާކޮށް އެ އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއް ގައި ހަމައެކަނި ބުނެފައި ވަނީ ރައީސް މުއިއްޒު އެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލްވުން އޮތީ ރައީސް އޮފީހުގައި ކަމަށެވެ.

ރައީސް މުއިއްޒު، ހަސަން ލަތީފްއާ ބައްދަލު ކުރައްވަނީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކު ވާދަކުރި އެވެ. އެ ޕާޓީގެ ކެންޑިޑޭޓް ވަނީ 15،000 ވުރެ ގިނަ ވޯޓް ހޯއްދަވާ އިންތިހާބުގެ ތިންވަނަ ހޯއްދަވާފައެވެ. ދެވަނަ ބުރުގައި ކުރި ހޯއްދެވުމަށް ރައީސް މުއިއްޒާއި ރައީސް ސޯލިހަށް ވެސް ޑިމޮކްރެޓުންގެ ތާއީދު ވަރަށް މުހިންމު ވި އެވެ.

ނަމަވެސް ޑިމޮކްރެޓުންގެ ހުރިހާ ހުށައެޅުމަކަށް ދެ ކެންޑިޑޭޓުންނަށް ވެސް އެއްބަސްވެވޭ ގޮތް ނުވި އެވެ. އެހެންވެ އެ ޕާޓީގެ ރަސްމީ ސްޓޭންޑަކަށް ވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެމެވެ. އެކަން އެހެން ގޮތަސް ޑިމޮކްރެޓުންގެ އިސް ބޭފުޅުންނާއި އާންމު މެންބަރުން ގެންދިޔައީ ފާޅުގައި މުއިއްޒަށް ތާއީދު ކުރާކަން ހާމަ ކުރަމުންނެވެ.

ޑިމޮކްރެޓުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރު ގައި ބައިވެރިވާނެ ކަން ކުރީން ހާމަ ކޮށްފައެވެ. ސަރުކާރުގެ މުހިންމު މަގާމެއް ގައި ޑިމޮކްރެޓްސްގެ އިސް ބޭފުޅަކު ނެތަސް އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން މަގާމުތަކުން ވަކިނުކޮށް އެބަ ތިއްބެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.