ރައީސް، ސިޔާމްއާ ވެސް ބަދަލު ކުރައްވައިފި، ތަފްސީލެއް ނެތް

ބައްދަލްވުމުގެ ދެ ފޮޓޯއެއް ހިއްސާކޮށް އެ އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއް ގައި ހަމައެކަނި ބުނެފައި ވަނީ ރައީސް މުއިއްޒު އެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލްވުން އޮތީ ރައީސް އޮފީހުގައި ކަމަށެވެ.

ރައީސް މުއިއްޒު، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި މިއަދު ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ރައީސް / ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާ ވެސް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ސިޔާމްގެ ކުރީން ރައީސް މުއިއްޒު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު / މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާ ވެސް ބައްދަލު ކުރައްވާފައެވެ. މި ދެ ބައްދަލްވުމުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ނުދެ އެވެ.

ބައްދަލްވުމުގެ ދެ ފޮޓޯއެއް ހިއްސާކޮށް އެ އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއް ގައި ހަމައެކަނި ބުނެފައި ވަނީ ރައީސް މުއިއްޒު އެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލްވުން އޮތީ ރައީސް އޮފީހުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ގައި ސިޔާމް ވަނީ ވަރަށް މުހިންމު ދައުރެއް އަދާ ކުރައްވާފައެވެ. ރައީސް ސޯލިހާ އެކު ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންނެވި އެވެ. ވަރަށް ގިނަ ޖަލްސާތަކާއި ރެލީ ތަކުގައި ތަގުރީރު ކުރައްވާ ސޯލިހަށް ތާއީދު ކޮށް ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

ސިޔާމްގެ އަމިއްލަފުޅު ލޯންޗުކޮޅާއި އެހެނިހެން ވަސީލަތްތައް ރައީސްގެ ކެމްޕެއިނަށް ދެއްވި އެވެ. ސިޔާމްގެ މީޑިއާގެ އެހީތެރިކަން ވެސް ބޮޑަށް ދެއްވީ ރައީސްގެ ކެމްޕެއިނަށެވެ.

ރައީސް މުއިއްޒު، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި މިއަދު ބައްދަލު ކުރައްވަނީ

ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ގައި ސިޔާމް ބައިވެރިވެވަޑައިނުގަންނަވަ އެވެ. އަދި އެމްޑީއޭގެ ކައުންސިލް އެއްވެ ކުއްލި ނިންމުމެއް ނިންމި އެވެ. އެއީ ދެވަނަ ބުރުގައި އެ ޕާޓީގެ ތާއީދު ރައީސް މުއިއްޒަށް ދިނުމަށެވެ.

އެ ނިންމުމާއި ގުޅިގެން މަރުހަބާ ކިޔުން ފިޔަވާ އިތުރު ކަމެއް ޕީޕީއެމް / ޕީއެންސީގެ ފަރާތުން ނުކުރެ އެވެ. ދެވަނަ ބުރުގެ ކެމްޕެއިން ގައި އެމްޑީއޭގެ މާބޮޑު ބައިވެރިވުމެއް ވެސް ނެތެވެ. ނަަމަވެސް އެމްޑީއޭގެ މެންބަރުން ގިނަ އިން ތިބި ދެ އަތޮޅުން މުއިއްޒަށް ލިބުނު ވޯޓްގެ އަދަދު އިތުރުވި އެވެ.

ވިޔަފާރިވެރިޔާ ސިޔާމްގެ އެމްޑީއޭ އަށް ޕީޕީއެމް / ޕީއެންސީގެ މަޖިލީސް ޕްރައިމަރީ ގައި ބައެއް ދާއިރާތަކުން ވަނީ ފުރުސަތު ވެސް ދީފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.