އެފްޑީސީގެ ހާލަތު ރަނގަޅުކޮށް އަމިއްލަ ފައިމައްޗަށް ތެދު ކުރަނީ

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށާއި ކުންފުންފުންޏަށް ގެއްލުންވާނެގޮތަށް ހުރި ކަންކަން ދެނެގަނެ، ބޭނުންވާ ހައްލު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން

އެފްޑީސީގެ އެމްޑީ، ހަމްދާން ޝަކީލް --

ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގައި ރޭ ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ ފާއިތުވިތަނުގައި ކުންފުނި ހިންގަމުން އައިސްފައިވަނީ އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް ހަމައެކަނި ސަރުކާރަށް ބަރޯސާ ވެގެން ކަމަށެވެ. އެހެންވެ، އޭނާގެ އެންމެ ފުރަތަމަ އަމާޒަކީ އެކަން ބަދަލުކޮށް، އެފްޑީސީއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މަކެޓްގައި ގިނަ ފުރުސަތުތަކެއް ހުރިއިރު، ކުންފުނީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފިފައިނުވާ ކަމަށާއި އޭގެ ނަޖީއެއްގެ ގޮތުން މިއަދާ ހަމަޔަށް ވެސް ކުންފުނީގެ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށެވެ. 

"އަޅުގަނޑު ދެކޭ ގޮތުގަ އެނޫން ގޮތަކަށް ކުންފުނި ހިންގޭނެ. އެއީ އެއަށްވުރެ ގިނަ ފުރުސަތުތައް ރާއްޖޭގެ މާކެޓްގައި އެބަހުރި. ކުންފުނީގެ ބޭނުން އެންމެ ހޮޔޮގޮތުގަ ނުކޮށް ހަމައެކަނި އެންމެ ކަމަކަށް ޓާގެޓް ކޮށްގެން މިހާތަނަށް ހިންގުމުގެ ނަތީޖާއަކީ މިދިޔަ ފަސް އަހަރު ވެސް ކުންފުނިން އަމިއްލަ ރެވެނިއުއެއް ނުލިބި ހަމައެކަނި 100 ޕަސެންޓް ސަރުކާރަށް ޑިޕެންޑް ވެގެން ހިންގާފަ މި އޮތީ،" ހަމްދާން ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުގެ އެންމެ ފުރަތަމަ އަމާޒަކަށް ވެސް ވީ މިކަން ބަދަލުކުރުން. ސަރުކާރުގެ ބަޖެޓަށް ޑިފެންޑް ނުވެ، ކުންފުނިން އަމިއްލައަށް ހޯދާ އާމްދަނީއަކުން ފުންފުނި ހިންގޭވަރު ކުރުން،" 

ހަމްދާން ވިދާޅުވީ ކުންފުނީގެ މެންޑޭޓްގައި ހިމެނޭ ކަންކަމުގެ ތެރޭގައި ވެސް ކުންފުނީގެ ޚަރަދުތައް ހަމަޖެއްސޭ މިންވަރުގެ އާމްދަނީއެއް އިތުރުކުރެވޭނެ ގޮތްގޮތް އެބަހުރި ކަމަށާއި މިހާރު ކުރަމުން އަންނަނީ އެކަންކަން ބަލައި ދިރާސާކުރުމުގެ މަސައްކަތް ކަމަށެވެ.

"މިސާލަކަށް އެޕާޓްމެންޓްތައް ދޫކުރާއިރު އެ އެޕާޓްމެންޓްތަކަށް ބޭނުންވާ ފަރުނީޗަރު ވެސް އެފްޑީސީން ދޫކުރެވޭނެ ކަހަލަ ނިޒާމެއް އިމްޕްލިމެންޓް ކުރެވޭތޯ މި ބަލަނީ. އެއީ ބޭނުންވެއްޖެ ފަރާތަކުން ހަމަ ނަގަންވީ. ބޭނުން ނޫން ނަމަ ދޫކޮށްލެވޭ ގޮތަށް. އެ ފުރުސަތު ހުޅުވާލެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެހެންވީމަ އެކަމުން ވެސް ކުންފުންޏަށް ފައިދާއެއް ލިބޭނެ. އެކަމަކު އެޕާޓްމެންޓްތަކުގެ ބޮޑެއް ނުވާނެ،" ހަމްދާން ވިދާޅުވި އެވެ.

ކުންފުނީގައި މިވަގުތު ތިބީ 145 މުވައްޒަފުންކަން ފާހަގަ ކުރައްވަމުން ހަމްދާން ވިދާޅުވީ މިހާރު ހިންގަމުން އަންނަ ޕްރޮޖެކްޓުގެ މަސައްކަތް ނިމުމާއެކު، އަންނަ އަހަރުން ފެށިގެން އެދަދު 245އަކަށް ބަދަލުވާނެ ކަމަށާއި މި މަރުހަލާގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށާއި ކުންފުންފުންޏަށް ގެއްލުންވާނެގޮތަށް ހުރި ކަންކަން ދެނެގަނެ، ބޭނުންވާ ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހަމްދާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުންފުނީގެ އެތެރޭގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން އަންގާފައިވާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ އިންޓާނަލް އޮޑިޓާސްއަށް ވާނީ އިރުޝާދު ދީފައި ކުންފުނީގެ ފުލް އޮޑިޓެއް ހަދަން. އެ އޮޑިޓް ހެދިގެން ކުންފުނީގެ ސާފު މަންޒަރެއް އަޅުގަނޑުމެންނަށް ފެންނާނީ،" ހަމްދާން ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.