ރައީސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅު ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން ރަސްމީކޮށް އާންމުކޮށްފައި މިވަނީ ސެޕްޓެންބަރު 11، 2023 ގައި އެ ސިޓީފުޅު، ސޯޝަލް މީޑިއާ ގައިވެސް އާންމު ވެފައި ވަނިކޮށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅު ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން ރަސްމީކޮށް ދެންމެ އާންމު ކޮށްފި އެވެ.
ރައީސް އޮފީހުން އެ ސިޓީފުޅު އާންމު ކުރީ ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހާމަ ކުރުމަށް ފަހު އެވެ. އެ ސިޓީ މީޑިއާތަކާ ވެސް ވަނީ ހިއްސާ ކޮށްފައެވެ.
ރައީސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅު ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން ރަސްމީކޮށް އާންމުކޮށްފައި މިވަނީ ސެޕްޓެންބަރު 11، 2023 ގައި އެ ސިޓީފުޅު، ސޯޝަލް މީޑިއާ ގައިވެސް އާންމު ވެފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި އޭރު އާންމުވީ ރައީސްގެ ސިޓީފުޅުކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް އޭރު ވަނީ ކަށަވަރު ކޮށް ދީފައެވެ. އެ އޮފީހުން އެ ދުވަހު ބުނި ގޮތުގައި ދައުލަތުގެ އެފަދަ ލިޔެކިޔުމެއް އާންމުވި ގޮތް ބަލާނެ އެވެ. އެކަން މިހާރު ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ތިނަދޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ އެ ސިޓީފުޅު ހުދު އެމަނިކުފާނު އާންމު ކުރެއްވި ކަމަށް އަމިއްލަފުޅަށް ވިދާޅުވެފައެވެ.
ސެޕްޓެންބަރު 27 ގައި އެ ޖަލްސާ ގައި ރައީސް ވިދާޅުވި ގޮތުގައި ކަނޑު ވިއްކާލި ކަމަށް ބުނެ މޮރިޝަސްގެ ބޮޑުވަޒީރަށް އެމަނިކުފާނު ފޮނުއްވި ސިޓީއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ބުހުތާނު ދޮގު ވާހަކަތައް އިދިކޮޅު ޕާޓީތަކުން ފަތުރާފައިވެ އެވެ. އެއް ގައުމެއްގެ ވެރިއަކު އަނެއް ގައުމެއްގެ ވެރިއަކަށް ފޮނުވާ ސިޓީ އަކީ ހާމަ ކުރާ އެއްޗެއް ނޫން ނަމަވެސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އާންމު ކުރީ ހަމައެކަނި އެ ސަބަބާއި ގުޅިގެން ކަމަށް ރައީސް އެ ރޭ ވިދާޅުވި އެވެ.
"ހަމަ އެކަނި އެ ސަބަބަށްޓަކައި އަޅުގަނޑު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހާމަ ކުރީ. އުސޫލެއްގެ ގޮތުން އެއް ގައުމެއްގެ ވެރިއަކު އަނެއް ގައުމެއްގެ ވެރިއަކަށް ފޮނުވާ ސިޓީ އަކީ އެހެން ހާމަ ކުރާ އެއްޗެއް ނޫން،"
އެ ސިޓީފުޅު ހާމަ ނުުކުރަން ރައީސް ސޯލިހްގެ ސަރުކާރުން ފުރަތަމަ ވަރަށް ގިނަ ބަހަނާތައް ދެއްކި އެވެ. ސިޓީފުޅު ކުއްލި ގޮތަށް ލީކުވީ ރިޔާސީ އިންތިހާބުގެ ފުރަަތަމަ ބުރުން ކުރި ނުހޯދި ރިޔާސީ ދެވަނަ ދައުރެއްްގެ އުންމީދު ވަރަށް ބޮޑަށް ފަނޑުވުމުންނެވެ.
ސިޔާސީބޭނުމަކަށް ވެރިކަން ލިބޭތޯ ކުރީގެ ރައީސް މި ސިޓީ އާންމުކުރުމުގެ އަޑިގައި ވަރަށް ބައިވަރު ކަންތައް ތަކެއް ފޮރުވިފައިވާނެ . އަޅުގަޑު ބޭނުންވަނީ މޮރިޝަސް އަށް ލިބުނު މިސިޓީ ބަލާލަން. ހަމަ މިހެން އަކުރުން އަކުރަށްތޯ އިނީ.