ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ އެމްޑީޕީން ބަލަން ގޮވާލައިފި

މެންބަރު ޝިފާއުއަށް މަރުގެ އިންޒާރެއް ދިނީ މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރުން ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާތީ އޭނާ ނިސްބަތްވެ ވަޑައިގަންވާ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އިދިކޮޅު އެމްޑޫޕީން ބަޔާނެއްގައި މެދުވެރިކޮށް މިރޭ ބުނީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެމެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަ ކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރު ދިނުން އެ ޕާޓީން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.

"... ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ." އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން އަދާ ކުރާނެ އެންމެ މާތް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި އެ ދުސްތޫރީ ޒިންމާ އަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންނަކީ ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، މަޖިލީހުގެ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ސަލާމަތީ ހިދުމަތްތަކަށް ގޮވާލާ ކަމަށެވެ. 

މެންބަރު ޝިފާއުއަށް މަރުގެ އިންޒާރެއް ދިނީ މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރުން ކަމަށާއި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އެކަން ހުށަހެޅުއްވާނެ ކަމަށް މަޖިލީހުގައި މިއަދު ހެނދުނު ވިދާޅު ވެފައި ވަނިކޮށެވެ.

އޭނާ އެކަން އިއުލާނު ކުރެއްވީ އިރު ރައީސް އާއި ނައިބު ރައީސް އަޒުލު ކުރާނެ އުސޫލު ބަޔާން ކުރާ މަޖިލީހުގެ ގަވާއިދުގެ މާއްދާތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. އި އިސްލާހު މިއަދު ވަނީ މަޖިލީހުން ފާސްވެސް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.