ބަހާއި ފެރީ ދަތުރުތަކަށް ހެދި ޓްރާންސެކްޝަންތައް ވެރިފައިކުރަން ދަތިވެއްޖެ

ނަމަވެސް، މި މައްސަލައިގައި އެމްޓީސީސީން ބެލިބެލުމުގައި އެއްވެސް ކަސްޓަމަރެއްގެ އަތުން ދެފަހަރަށް ފައިސާ ކެނޑިފައެއް ނުވެ އެވެ.

އެމްޓީސީސީގެ ބަހެއް

މާލެ ސަރަހައްދުގައި ދުއްވާ ބަސްތަކާއި، ފެރީތަކަށް ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކި ޓްރާންސެކްޝަންތައް ވެރިފައި ކުރަން ދަތިތަކެއް ދިމާވެއްޖެ އެވެ.

މި ހިދުމަތްތައް ދޭ އެމްޓީސީސީ އިން މިއަދު ބުނީ، ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިމަހުގެ 10 އިން 14 އާ ދެމެދު ބަހާއި ފެރީން ތުރުކުރުމަށް ކޭޝް ކާޑު ބޭނުންކޮށްގެން ރެކޯޑްކޮށްފައިވާ ޓްރާންސެކްޝަންތައް، ސާވިސް ޕްރޮވައިޑާގެ ސާވާގައި ކިޔުވެފައިހުރުމުގެ ސަބަބުން ޓްރާންސެކްޝަންތައް ވެރިފައިވުމުގައި ލަސްތަކެއް ވެފައިވާ ކަމަށެވެ.

މި މުއްދަތުގައި ބަހާއި ފެރީން ދަތުރުކުރުމަށް ފައިސާ ދައްކައިފައިވާ ފަރާތްތަކަށް ފައިސާ ދެއްކިކަމުގެ ނޮޓިފިކޭޝަން ލަހުން ލިބިފައިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. އަދި، މި ފައިސާއަކީ އެކި ދުވަހުގެ މަތިން ދައްކައިފައިވާ ފައިސާއަށް ވުމުން އެއްފަހަރާ ފައިސާ ދެއްކިކަމުގެ ނޮޓިފިކޭޝަން ކަސްޓަމަރުނަށް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް، މި މައްސަލައިގައި އެމްޓީސީސީން ބެލިބެލުމުގައި އެއްވެސް ކަސްޓަމަރެއްގެ އަތުން ދެފަހަރަށް ފައިސާ ކެނޑިފައެއް ނުވެ އެވެ. ޓްރާންސެކްޝަންތަކާއި ގުޅިގެން އެއްވެސް މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ، އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.

ކޮމެންޓް

1
450
ކެނޑި
9 months ago

ހަމަގައިމު މަގޭ ރައްޓެއްސެއް އަތުން ކެނޑި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.