ރައީސް އަޒުލުކުރަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅަނީ

އޭނާ ވިދާޅުވީ ވެރިކަމަށް މަހެއް ވެފައިވާއިރު، ގިނަ ބަޔަކު އެދި އެދި ތިބީ އެމްޑީޕީގެ ފަރާތުން ރައީސް ވަކިކުރަން މަޖިލީހަށް ހުށަހަޅާނެ އިރެއްގެ އިންތިޒާރުގައި ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު

މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރުން ކަމަށާއި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އެކަން ހުށަހެޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

އެކަން ޝިފާއު އިއުލާނު ކުރެއްވީ ރައީސް އާއި ނައިބު ރައީސް އަޒުލު ކުރާނެ އުސޫލު ބަޔާން ކުރާ މަޖިލީހުގެ ގަވާއިދުގެ މާއްދާތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ، މިވަގުތު ރާއްޖޭގައި ހިނގަނީ ގާނޫނީ ހުކޫމަތެއް އޮތް ވެރިކަމެއް ނޫން ކަމަށެވެ. އަދި، ރައީސް ޑރ. މުއިއްޒަށް ވެރިކަން އެކުލަވާލަން ވެސް ނޭންގިގެން އުޅޭ ކަމަށާއި، ވެރިކަން ހިންގަނީ އެއްވެސް ގާނޫނަކާ އެއްގޮތަށް ނޫން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ދިވެހި ރައްޔިތުން އެ ފާޅުކުރަމުން އަންނަ ހިޔާލުތަކާ އެކީ އަޅުގަނޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ އެންމެ އިސްކަމެއް ދޭން ޖެހޭ މަސައްކަތަކީ މިހާރުގެ ރައިސުލްޖުމްހޫރިއްޔާ އަޒުލްކުރުމުގެ މަސައްކަތް. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހަޅާނަން،" ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް މަހެއް ވެފައިވާއިރު، ގިނަ ބަޔަކު އެދި އެދި ތިބީ އެމްޑީޕީގެ ފަރާތުން ރައީސް ވަކިކުރަން މަޖިލީހަށް ހުށަހަޅާނެ އިރެއްގެ އިންތިޒާރުގައި ކަމަށެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑަށް އެބަ ފެނޭ ދިވެހި ފަހުރުވެރި ގައުމީ ދިދަ، މި އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހާ މުހާތަބު ކުރާތަން. އިއްޒަތްތެރި ރައީސް، އެ ދިދަ އާދޭހާއެކު ހާލުގެ ދުލުން ބުނާތަން އަޅުގަނޑަށް އެބަ ފެނޭ މިނިވަންކަމާއި ގައުމިއްޔަތުގެ އަވާ މެންދުރެއް ރައްޔިތުންނަށް ދައްކައި، މިއަދު ތިމަންނަގެ މައްޗަށް ކާހިނުންތަކެއް ވެރިވެގެންފިއޭ،" ރައީސް މުއިއްޒު ހުވާ ކުރެއްވި ދުވަހު ދެއްވި ތަގުރީރުގައި، ދިވެހި ދިދައާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅާ އެއްގޮތަށް ޝިފާއު މިއަދު ބަހުސް ކުރައްވަމުން ވިދާޅުވި އެވެ.

ކޮމެންޓް

1
450
އަހުމަދު އަލީ
8 months ago

ބްރޯ ލާރި ހޯދަން ތިޔަ ޕްލޭން ކުރަނީ. މަށަށް އެނގޭ އެމްޑީޕީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.