ބީސީސީގެ އެމްޑީއަކަށް ނައިބު ރައީސްގެ ކޮއްކޯފުޅު ޒިޔާ

ޓެލެވިޒިން މޯލްޑިވްސްގެ އެކި ޕްރޮގްރާމްތަކުން މަޝްހޫރުކަން ހޯދައްވާފައިވާ ޒިޔާއު މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ ބީސީސީގެ ހެޑް އޮފް އައުޓް ރީޗްގެ މަގާމުގަ އެވެ.

ބީސީސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރި ޒިޔާއު

ސަރުކާރުގެ 100 ޕަސެންޓް ކުންފުނި، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެތަނުގެ ސީނިޔަ މަގާމެއްގައި ހުންނެވި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ކޮއްކޯފުޅު މަޝްހޫރު ޕްރެޒެންޓަރު އިބްރާހިމް ޒިޔާއު މުހައްމަދު ހަމަޖައްސައިފި އެވެ. 

ޓެލެވިޒިން މޯލްޑިވްސްގެ އެކި ޕްރޮގްރާމްތަކުން މަޝްހޫރުކަން ހޯދައްވާފައިވާ ޒިޔާއު މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ ބީސީސީގެ ހެޑް އޮފް އައުޓް ރީޗްގެ މަގާމުގަ އެވެ. މި މަގާމުގައި ހުންނަވައިގެން އޭނާ ވަނީ އެ ކުންފުނީގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމުގައި މެނޭޖުމަންޓާއެކު މީގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. 

ސަރުކާރުގައި 32 ކުންފުންޏެއް އޮންނައިރު ގިނަ ކުންފުނިތަށް ވެރިން ދަނީ އައްޔަން ކުރަމުންނެވެ. މިގޮތުން މިއަދު ވަނީ އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމަށް ވެސް ބޭފުޅަކު ސަރުކާރުން އައްޔަން ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.