މުއާސަލާތީ ހިދުމަތްތައް ދިނުމުގެ އިތުރަށް މުޖުތަމައުގެ މުހިއްމު އެހެން ކަންތަކަށް ވެސް ދިރާގުން އެހީ ވެދެ އެވެ.
ދިރާގުގެ ފަރާތުން ގދ. ތިނަދޫ އެޑިއުކޭޝަން ސެންޓަރުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކްލާސްރޫމްތަކަށް އެހީތެރިކަން ފޯރު ކޮށްދީފި އެވެ.
ގދ. އެޑިއުކޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ޑިރެކްޓަރު ކަސްޓަމާ ސާވިސް އެންޑް ރީޖަނަލް މަސްއޫދު އަލީ ވަނީ އެ ސެންޓަރުގެ އިންކްލޫސިވް ކްލާސްރޫމްތަކަށް ބޭނުންވާ މުހިއްމު ވަސީލަތްތަށް ހަދިޔާ ކޮށްފަ އެވެ. އޭގެ ތެރޭގައި ކޮންޕިއުޓާ ސިސްޓަމްތަކާއި، ހެޑްސެޓްގެ އިތުރުން ޕްރިންޓަރު ވެސް ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް މުހިއްމުކަން ދިނުމާއި އެ ދަރިވަރުން ބާކީ ނުކޮށް އިސްކަން ދިނުމުގެ މުހިއްމު ކަމާމެދުގައި މަސްއޫދު އަލީ ވަނީ އަލިއަޅުއްވާލައިފަ އެވެ. މުއާސަލާތީ ހިދުމަތްތައް ދިނުމުގެ އިތުރަށް މުޖުތަމައުގެ މުހިއްމު އެހެން ކަންތަކަށް ވެސް ދިރާގުން އެހިީ ވެއެވެ.