ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ ގުރައިދޫ މަރުކަޒުގައި އަބަދުވެސް ގިނަ ބަޔަކު ބައިތިއްބާފައި ތިބެ އެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން، މާލެ އަތޮޅު ގުރައިދޫ މަރުކަޒުގައި ހިންގި ފަސް ދުވަހުގެ މި ޕްރޮގްރާމަކީ ހާއްސަ އެހީގެ މަރުކަޒުގައި ތިބޭ މީހުނާމެދު އަމަލުތައް ރަނގަޅަށް ބަހައްޓައި ހަރުދަނާ އަދި ފުރިހަމައަށް އެ ފަރާތްތަކަށް ހިދުމަތްތައް ފޯރު ކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މުއައްޒަފުން އަމަލު ކުރާނެ ގޮތުގެ އަތްމަތީ ފޮތަށް އަހުލުވެރި ކުރުވުން ވެސް ހިމެނެ އެވެ.
ގުރައިދޫ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ފުރިހަމަ ހިދުމަތެއް ދޭން އަޅަން ޖެހޭ ފިޔަވަޅުތަކާއި ވިސްނަންޖެހޭ ކަންކަމާއި ގުޅޭ ގޮތުން މި ތަމްރީނު ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ގިނަ ބަޔަކު އަބަދުވެސް ގުރައިދޫ މަރުކަޒުގައި ތިބެ އެވެ.