ކުޑަކުދިންނަށް ބުލީ ކުރާ މައްސަލަށް ސަމާލުވާން ފަސްޓް ލޭޑީ އެދި ވަޑައިގެންފި

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

އުކުޅަހު ކުޑަކުދީންގެ ހަވީރުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނަށް ބުލީ ކުރާ މައްސަލާގައި މުދައްރިސުންނާއި ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހިފައިވާ ކަމަށް ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން ފުލުހާއި ޔުނިސެފް މޯލްޑިވްސް އިން އއ. އުކުޅަހާއި އެ އަތޮޅުގައި ބާއްވާ ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ޝަރަފުވެރި ކޮށްދެއްވާ މެޑަމް ސާޖިދާ ވިދާޅުވީ ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތަކުގެ ތެރެއިން ބުލީ ކުރުމަކީ މުދައްރިސުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަކުން ހާއްސަ ސަމާލު ކަމެއްދޭން ޖެހޭ މައްސަލައެއް ކަމަށެވެ.

އަދި ވިދާޅުވީ ކުދިން ބުލީގެ ޝިކާރައަކަށް ވުމުން ދުރުހެލިކޮށް ކުދިންނަށް ހިމާޔަތް ދިނުމުގައި ކުދިންގެ ޒިންމާ ނަންގަވާ ފަރާތްތަކުން ކުދިންނާއި ގާތްގުޅުމެއް ބަހައްޓަވައިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

މީގެ އިތުރުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން ކުޑަކުދިންނަށް އަމާޒުކޮށް ގިނަގިނައިން ކުރިއަށްގެންދިއުމުގެ މުހިންމުކަން އެކަމަނާ ފާހަގަ ކުރައްވާފަ އެވެ. އުކުޅަހު ކައުންސިލާއި ޑަބްލިޔުޑީސީ އާއި އެރަށުގެ ސަރުކާރު އިދާރާތަކާއި ކުލަބްޖަމިއްޔާތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ހަވީރު ހުޅުވައިދެއްވީ ވެސް މެޑަމް ސާޖިދާ އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. 

ކުޑަކުދިންގެ މި ހަވީރުގައި ފުލުހުންނާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހާއި އުކުޅަހުގެ ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކުގެ ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ. ކުޑަކުދިންގެ ހަވީރު ކުރިން ކުޑަކުދިންގެ ދުވަހާ ގުޅޭ ބިލްބޯޑް ވެސް ވަނީ ހުޅުވައިދެއްވި އެވެ.

މި ކުޑަކުދިންގެ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ފަލަސްތީނުގައި ކުޑަކުދިންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި އަނިޔާތަކާއި ގުޅިގެން އެކަމުގެ ހިތާމައިގައި އެއް މިނެޓްގެ ސުކޫތެއް ވެސް ގެނަ އެވެ. ކުޑަކުދިންގެ ހަވީރުގައި އުކުޅަހުގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރި ވި އެވެ. 

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. މިއަހަރު ކުޑަކުދީންގެ ދުވަސް ފާހަގަ ކުރަން އުކުޅަހާއި މުޅި އއ. އަތޮޅުގައި މި މަހުގެ 12 އިން 21 އަށް ސިލްސިލާ ޕްރޮގްރާމްތަކެއް ވަނީ ހިންގާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.