މިރޭ ސޯޝަލް ސެންޓަރުގައި ބާއްވާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެރި އެންމެހައި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ކުރެއްވެވި ޕޯސްޓެއްގައެވެ.
ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަ ނުކުރާތާ ގިނަ އަހަރުތަކެއް ފާއިިތުވެފައިވާއިރު، ސަރުކާރުން މި އަހަރު ވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ހާއްސަ ޕްރޮގްރާމްތަކެެއް ރާވާފައެވެ. އެގޮތުން ހެރިޓޭޖް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެއް ހުކުރު ދުވަހު ބާއްވާފައި ވެއެވެ. އަދި، މިރޭ ސޯޝަލް ސެންޓަރުގައި ބާއްވާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.