ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުމުން މަހުލޫފުގެ ޝުކުރު ސަރުކާރަށް

"މިކަމުގެ ސަބަބުން އެނގުމާއި ނޭގުމުގެ ތެރެއިން އެތައް ކުޑަކުދިންނެއް ދިޔައީ ހަލާކުވެ ބައިވަރު އިޖުތިމާއީ މައްސަލަތަކެއް ނުކުންނަމުން. މިމުހިއްމު ނިންމުމަށް ސަރުކާރަށް ޝުކުރުއަދާކުރަން،" މަހުލޫފް ވިދާޅުވި އެވެ.

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް --

ރާއްޖޭގައި ބަރަހަނާ ސައިޓްތަކަށް ނުވަދެވޭނެހެން ބްލޮކް ކުރުމުން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު، ސަރުކާރަށް ޝުކުރު ދަންނަވައިފި އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޒުވާނުންގެ ވަޒީރުކަން ކުރެއްވި މަހުލޫފު މިއަދު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ސަރުކާރުން ނިންމި ނިންމުމަކީ މިމުޖުތަމައު ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ.

އެފަދަ އޮންލައިން ސައިޓުތަކުގެ ސަބަބުން ނޭންގުމުގެ ތެރޭގައި ކުޑަކުދިން ހަލާކުވެ ގޮސް، ބައިވަރު އިޖުތިމާއީ މައްސަލަތައް ނިކުންނަމުން އަންނަކަން ވެސް މަހުލޫފް ފާހަގަކުރެއްވި އެވެ.

"މިކަމުގެ ސަބަބުން އެނގުމާއި ނޭގުމުގެ ތެރެއިން އެތައް ކުޑަކުދިންނެއް ދިޔައީ ހަލާކުވެ ބައިވަރު އިޖުތިމާއީ މައްސަލަތަކެއް ނުކުންނަމުން. މިމުހިއްމު ނިންމުމަށް ސަރުކާރަށް ޝުކުރުއަދާކުރަން،" މަހުލޫފް ވިދާޅުވި އެވެ.

ބަރަހަނާ ވެބްސައިޓްތަކަށް ވަންނަ މީހުންގެ އަދަދު ގިނަވެ، ރާއްޖޭ ގައި އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓްތަކުގެ ތެރޭގައި އެފަދަ ސައިޓްތައް ހިމެނެ އެވެ. އެކަން އިންޓަނެޓް ހިދުމަތްދޭ ކުންފުނިތަކުގެ ތަފާސް ހިސާބުތަކުން ފެނެ އެވެ.

ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް އެފަދަ ސައިޓްތައް ރާއްޖޭ ގައި ބްލޮކް ކުރުމަކީ ގިނަ ދިވެހީން އެދޭ ކަމެކެވެ. މީގެ ކުރީން ވެސް ބައެއް ސަރުކާރުތަކުން އެ މަސައްކަތް ކޮށްފައިވެ އެވެ.

މިފަދަ ސައިޓްތައް ބްލޮކް ކޮށްފައިވާކަން ހާމަކުރުމާއެކު ގިނަ ބަޔަކު ދަނީ އަދިވެސް އެފަދަ ވެބްސައިޓްތަކަށް ވަދެވޭ ކަމަށް ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.