އަތޮޅު ފިހާރަތައް ތަރައްގީ ކުރާ ޕްލޭނެއް، އޭގެ ފަހުން ކުލީގެ ސުވާލު

ރައީސް ވިދާޅުވީ އަތޮޅު ފިހާރަތައް އިތުރަށް ތަރައްގީ ވެގެންދާއިރު އެތަންތަން މިހާރު ހުރި ގޮތަށް އަތޮޅު ކައުންސިލްތަކަށް މަންފާ / ނަފާ ލިބޭ ތަންތަން ގޮތުގައި ހުރުން މުހިންމެވެ. ނަމަވެސް އެކަން ވާނީ ސަރުކާރަށް އެތަންތަން ނުނަގާ ކަމުގައިވާނަމަ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނަށް ގަބޫލުކުރެއްވޭ ގޮތުގައި އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބޭ ގޮތަށް އޮތުން ބުއްދިވެރި ކަމަށްވެސް ވިދާޅުވިއެވެ. ނަަމަވެސް ތަރައްގީ ކުރުމަށް ފަހު ދެން ވާނެ ގޮތުގެ ސާފު ޖަވާބެއް ނުދެއްވައެވެ.

މާލޭގެ ބަނދަރުމަތީން ވ. އަތޮޅު ފިހާރައިގެ ކައިރި: އަތޮޅު ފިހާރަތަކުގެ އާމްދަނީ އަތޮޅުތަކަށް ދިނުމުގައި އެކި ސަރުކާރުން ހަދަނީ އެކި ގޮތް -- މި

ބޮޑު ބަދަލެއް އަންނާނެ ތަނެއްގެ ގޮތުގައި އަތޮޅު ފިހާރަތައް ތަރައްގީ ކުރުމުގެ ބޮޑު ޕްލޭނެއް ސަރުކާރުން ގެންގުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.

ގަމުގައި އިއްޔެ ނިންމާލި "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ހުންނަވައި ރައީސް ވިދާޅުވީ އަތޮޅު ފިހާރަތައް ތަރައްގީކޮށް އެ ތަނުން އިތުރު އާމްދަނީ ލިބޭނެ މަގެއް ތަނަވަސް ކުރުމުގެ މުހިންމުކަން ކައުންސިލްތަކުގެ ރައީސުން ފާހަގަ ކުރާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ބޮޑު ބަދަލެއް އަންނާނެ ތަނެއްގެ ގޮތުގައި އަތޮޅު ފިހާރަތައް ތަރައްގީ ކުރުމުގެ ޕްލޭނެއް ސަރުކާރުން ގެންގުޅެ އެވެ. އެގޮތުން މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަން ގުޅީ ފަޅަށް ބަދަލު ކުރާއިރު މުޅި ސަރަހައްދު ތަރައްގީ ކުރާ އެވެ.

"އަތޮޅު ފިހާރަތައް ޑިވެލޮޕް ކުރުމުގެ ވާހަކަ ގެނެވުނު. މާލޭގެ ނޯތު ހާބާ ގުޅީފަޅަށް ބަދަލު ކުރާ އިރުގައި މުޅި އެ ސަރަހައްދު ތަރައްގީ ކުރުމުގެ ޕްލޭނެއް މިނިސްޓަރު އަސްލަމް އެބަ ގެންގުޅުއްވާ. އޭގެތެރޭގައި ބޮޑު ތަރައްގީ، ބޮޑު ބަދަލެއް އަންނާނެ ތަނެއްގެ ގޮތުގައި އަތޮޅު ފިހާރަތައް ޑިވެލޮޕް ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަތޮޅު ފިހާރަތައް ތަރައްގީ ވެގެންދާއިރު އެތަންތަން މިހާރު ހުރި ގޮތަށް އަތޮޅު ކައުންސިލްތަކަށް މަންފާ ނަފާ ލިބޭ ތަންތަން ގޮތުގައި ހުރުން މުހިންމެވެ. ނަމަވެސް އެކަން ވާނީ ސަރުކާރަށް އެތަންތަން ނުނަގާ ކަމުގައިވާނަމަ ކަމަށެވެ.

އެމަނިކުފާނަށް ގަބޫލު ކުރެއްވޭ ގޮތުގައި އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބޭ ގޮތަށް އޮތުން ބުއްދިވެރި ކަމަށް ވެސް ވިދާޅުވިއެވެ. ނަަމަވެސް ތަރައްގީ ކުރުމަށް ފަހު ދެން ވާނެ ގޮތުގެ ސާފު ޖަވާބެއް ނުދެއްވައެވެ.

"މިހާރު އެ އޮތްގޮތަށް އޭގެ [އަތޮޅު ފިހާރަތަކުގެ] މަންފާ އަޅުގަނޑު ހިތުން ލިބެންވާނީ އެ އަތޮޅު ކައުންސިލަކަށް ސަރުކާރަށް ނުނަގާހާ ހިނދަކު. އަޅުގަނޑު ހިތުން އެ ނެގުން އެއީ ރަނގަޅު ކަމެއް ނޫން. އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބޭ ގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔުން އެއީ އެންމެ ބުއްދިވެރި ގޮތް ކަމަށް އަޅުގަނޑަށް ފެންނަނީ،" ސަރުކާރުގެ ވިސްނުން މާބޮޑަށް ސާފުކޮށް ނުދެއްވާ ރައީސް ވިދާޅުވި އެވެ.

އެ މައުލޫގައި އިތުރަށް އެއްވެސް އެއްޗެއް ދެން ވިދާޅެއް ނުވެއެވެ.

މާލޭގައި ހުންނަ އަތޮޅު ފިހާރަތައް ހުންނަ ސަރަހައްދު: އަތޮޅު ފިހާރަތަކުގެ އާމްދަނީ ރަނގަޅަށް އަތޮޅުތަކަށް ލިބޭނެ ގޮތެއް ބޭނުންވޭ -- މި

އަތޮޅު ފިހާރަތަކުގެ ކުލި އަތޮޅު ކައުންސިލުތަކަށް އެއްކޮށް ދިނުމަށް މި ސަރުކާރުން ނިންމާ އެކަން ރައީސް ސޯލިހް އިއުލާނު ކުރެއްވީ އއ. އުކުޅަހުގައި މިދިޔަ މެއި މަހު އޮތް "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގަ އެވެ. އެ ކޮންފަރެންސްގައި އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލުތަކަށް ލިބޭ ގޮތަށް ހަދަން ހުށަހެޅީ ކައުންސިލްތަކުންނެވެ.

ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު ކަން ހިނގަމުން އައި ގޮތް ބަދަލު ކުރައްވާ އަތޮޅު ފިހާރަތަކުން ލިބޭ ކުލި އަތޮޅު އޮފީހަށް ލިބޭ ގޮތަށް ހަމަޖެއްސެވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެކަން ހުއްޓުނެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމަށް ވަޑައިގެން އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ ދެބައިކުޅަ އެއްބައި ކައުންސިލްތަކަށް ލިބޭ ގޮތް ހެއްދެވި އެވެ. އަދި އެހާތަނަށް ނުދީ ހުރި ބައެއް ފައިސާ ވެސް ގަނޑުކޮށް ދެއްވި އެވެ.

ރައީސް ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގައި އަތޮޅު ފިހާރަތަކުގެ ކުލި ކައުންސިލްތަކަށް ދިނުން ހުއްޓާލާ އެ ސަރަހައްދު ތަރައްގީ ކުރަން ނިންމެވި އެވެ. ނަމަވެސް ދައުރު ހަމަވެގެން ދިޔައިރު ވެސް އެ މަސައްކަތް ފެށޭ ގޮތް އޮތީ ނުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.