ޔާމީން މިނިވަން ކުރުމާ ގުޅޭ ސުވާލަށް ސަރުކާރުގެ ޖަވާބެއް ނެތް

ޔާމީން މިނިވަން ކުރެއްވުމާއި ގުޅޭ ސުވާލަށް ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ މުޝީރު އަބްދުއްރަހީމް ވެސް ދެއްވަނީ ވަރަށް ފިނި، ނުގުޅޭ ޖަވާބު ތަކެކެވެ.

ޔާމީން ގެއަށް ބަދަލު ކުރެއްވި ދުވަހު ސަޕޯޓަރުން އެމަނިކުފާނު ގެކޮޅު ކައިރީ: ޔާމީން މިނިވަން ކުރުމުގެ އަޑު ވަނީ ކެނޑިފައި -- މުހައަމަދު އަބްސަމް / މި ނޫސް

ޖަލު ހުކުމެއް ގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދަވާފައި ނުވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ސާފު ޖަވާބެއް ދޭން ސަރުކާރުން މިއަދު ވެސް ދެކޮޅު ހަދައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ހަނދާން ކޮށް ދެއްވާ އެ ވައުދު ނުފުއްދެވި ވަނީ ކީއްވެގެންތޯ ސުވާލު ކޮށްފައި ވަނީ ރައީސް ޔާމީންގެ މަސްލަހަތު އޮންނަ ޗެނަލް 13 އިގެ ނޫސްވެރިއެކެވެ.

ޔާމީން މިނިވަން ކުރުމާއި ގުޅޭގޮތުން އެކި ފަހަރު މަތީން ރައީސް މުއިއްޒު، ކެމްޕެއިން ދެއްކެވި ވާހަކަތައް ތަފްސީލު ކޮށް ސުވާލު ކުރުމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު ވަނީ އެ ސުވާލަށް ސާފު ޖަވާބެއް ދެއްވަން ދެކޮޅު ހައްދަވާފައެވެ.

ވަރަށް ކުރުކުރުކޮށް އެ ސުވާލަށް ޖަވާބު ދެއްވަމުން ފިރުޒުލް ވިދާޅުވީ ޝަރުއީ ނިޒާމުގެ ތެރެއަށް އޮތް ނުފޫޒު ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ  އެ ނިމުން ގެނައުމުގެ ތެރެއިން ހާސިލު ކުރައްވަން ބޭނުންފުޅުވާ އަމާޒުތަކެއް މަގުސަދުތަކެއް ހުރިކަން ފާހަގަ ކުރައްވާ ވިދާޅުވީ އެ އަމާޒަށް ވާސިލްވުމުގެ މަަސައްކަތް ބާރަށް އެބަ ހިނގާ ކަމަށެވެ.

ޔާމީންގެ ނަންފުޅު ވެސް ވިދާޅުނުވެ އަދި ސުވާލަށް ކުޑަވެސް ސާފު ޖަވާބެއް ނުދެއްވާ ދޫކޮށްލެއްވީ އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ އެތައް ސަތޭކަ ފަހަރަކު، ކެމްޕެއިން ގައި ވިދާޅުވެފައެވެ. އިންތިހާބުގެ ކެމްޕެެއިން ގައި ދެއްވި 200 ވުރެ ގިނަ ތަގުރީރު ގައި އެންމެ ފުރަތަމަ ވެވަޑައިގަންނަވަނީ އެ ވައުދުފުޅެވެ.

ރައީސް ޔާމީންގެ ޝަރަފުގައި ކޮންމެ ކެމްޕެއިން ޖަލްސާ އެއްގައި ފުރަތަމަ ސަފުގެ މެދު ގޮޑި ހުސްކޮށް ބޭއްދެވި އެވެ. އެ ގޮޑީގައި ރައީސް ޔާމީންގެ ނަން ލިޔުއްވާފައި ތަތްކުރެ އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމަށް ހަތަރު ހަފްތާ ވެގެންދިޔައިރު ޔާމީންގެ މައްސަލައިގެ އިސްތިއުފާނު ނިންމާ ހުކުމް ކުރެވޭ ގޮތް ވެސް ވަނީ ނުވެފައެވެ. މައްސަލަ ނިންމާ ހުކުމް ނުކޮށް ހައިކޯޓްގެ ފަނޑިޔާރުން ވަޑައިގަތީ ޗުއްޓީ އަށެވެ.

ޔާމީން މިނިވަން ކުރެއްވުމާއި ގުޅޭ ސުވާލަށް ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ މުޝީރު އަބްދުއްރަހީމް ވެސް ދެއްވަނީ ވަރަށް ފިނި، ނުގުޅޭ ޖަވާބު ތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.